ޖަދުވަލު 1 އިންވެސްޓްމަންޓު ހުށަހެޅުމާއި، މުރާޖާ ކުރުމާއި ފާސްކުރުމުގެ މިންގަނޑުތައް |
މިއޮތޯރިޓީގެ ލައިސަންސުގެ ދަށުން އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތަކުން ކޮންޓްރޯލް ޕީރިއަޑުގެ ތެރޭގައި ކުރާ ކެޕިޓަލް އިންވެސްޓްމަންތައް ފާސްކުރުމަށް ހުށަހަޅާ ކެޕިޓަލް އިންވެސްޓަމަންޓް ޕްލޭން ހުށަހަޅަންޖެހޭ ގޮތާއި އަދި އެޕްލޭން ފާސްކުރުމުގެ ރިޢާޔަތްކުރެވޭނެ ކަންތައްތައް:- | | (ހ) | 1 | އިންވެސްޓްމަންޓު ޕްލޭންގައި ހިމަނަންޖެހޭ މުހިއްމު ބައިތައް |
ޕްލޭންގައި އެންމެ ފުރަތަމަ ހިމަނަންޖެހޭނީ ކަރަންޓް ޚިދުމަތް ދޭ ފަރާތުން ޚިދުމަތް ދޭ ކޮންމެ ރަށެއްގައި، ކޮންޓްރޯލް ޕީރިއަޑު ތެރޭގައި، ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވަމުންދާނެ ގޮތުގެ ޑިމާންޑް ފޯކާސްޓެކެވެ.އެއްވެސް އިންވެސްޓްމަންޓެއް ކުރަން ހަމަޖެހިފައި ނެތް ރަށްރަށަށް ވެސް މި ދެންނެވުނު ޑިމާންޑް ފޯކާސްޓް ހަދަންޖެހޭނެއެވެ. | 1 | | | ކަރަންޓްގެ ޚިދުމަތް ބޭނުންވާ ނިސްބަތް އަންދާޒާކުރުން |
ޑިމާންޑް ފޯކާސްޓް ތައްޔާރުކުރުމަށްޓަކައި، މާޒީގައި ރަށުގައި ކަރަންޓް ބެނުންކޮށްފައިވާ މިންވަރަށާއި، ގޭބިސީތަކާއި ސިނާޢީ ހަރަކާތްތައް ކުރިއަތްއޮތްތަނުގައި އިތުރުވަމުންދާނެ މިންވަރަށާއި، އަދިވެސް މީގެ އިތުރުން ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވުމަށް މެދުވެރިވެދާނެ ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ. | 2 | | | |
ޑިމާންޑް ފޯކާސްޓް ތައްޔާރު ކުރުމަށްފަހު، އެޑިމާންޑާއި އެއްވަރަށް ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ ނިޒާމް ތަރައްޤީކުރަން ކުރަންޖެހޭ އިންވެސްޓްމަންޓުތައް އަންނަނިވި ގޮތަށް ގިންތި ކުރެވިގެން ހުށަހަޅަންވާނެއެވެ. | | (ހ) | 2. | ކެޕިޓަލް އިންވްސްޓްމަންޓް ޕްރޮޖެކްޓުތައް ގިންތި ކުރެވޭގޮތް |
ސްޕެސިފިކް އިންވެސްޓްމަންޓު ޕްރޮޖެކްޓުތައް: މިޕްރޮޖެކްޓުތަކަކީ ކެޕިޓަލް އިންވެސްޓްމަންޓު ޕްލޭން ތައްޔާރުކުރާއިރު، އެއިންވެސްޓްމަންޓު ކުރިޔަށްދާނެ ރަށާއި، ތަނާއި އަދި އެތަނެއްގެ ހާލަތު އެކަށީގެންވާ ވަރަކަށް އަންދާސާކުރެވޭ ޕްރޮޖެކްޓުތަކެވެ. ކަރަންޓު އުފައްދާ ނިޒާމަށް ކުރާ އިންވެސްޓުމަންޓަކީ ކުޑަ ނުވަތަ ބޮޑު އިންވެސްޓްމެންޓެއް ކަމުގައިވީނަމަވެސް މި އިންވެސްޓްމެންޓު ގިންތި ކުރެވޭނީ ސްޕެސިފިކް އިންވެސްޓްމަންޓު ޕްރޮޖެކްޓެއް ގޮތުގައެވެ. އަދި ކެޕިޓަލް އިންސްޓްމަންޓް ޕްލޭންގައި މިގިންތީގެ ހުރިހާ އިންވެސްޓްމަންޓެއް ހިމަނަންވާނެއެވެ. | 1. | | | |
ނޮން ސްޕެސިފިކް އިންވެސްޓްމަންޓު ޕްރޮޖެކްޓުތައް: މި ޕްރޮޖެކްޓުތަކަކީ ކެޕިޓަލް އިންވެސްޓްމަންޓު ޕްލޭން ތައްޔާރުކުރާއިރު، އެ އިންވެސްޓްމަންޓު ކުރިޔަށްދާނެ ރަށާއި، ތަނާއި އަދި އެތަނެއްގެ ހާލަތުއެކަށީގެންވާ ވަރަކަށް އަންދާސާކުރުމަށް ދަތިވާ، ނަމަވެސް ޖުމްލަކޮށް،ހިނގާނެ ޚަރަދު އަންދާސާކުރެވިދާނެ ޕްރޮޖެކްޓުތަކެވެ. މި ބައިގައި ހިމެނޭނީ ވަގުތު ޖެހުމުގެ ކުރިން ޚަރަދު ލަފާ ކުރަން ދަތި، އަބަދުވެސް ފުޅާވަމުން އަންނަ ޑިސްޓްރިބިއުޝަން ނެޓްވޯކްތަކަށް ކުރާ އިންވެސްޓްމަންޓު ތަކެވެ. އަދި މިފަދަ ޕްރޮޖެކްޓު ތައް ހުށަހަޅަންވާނީ ކޮންމެ ރަށަކަށް ވަކިން އެގްރިގޭޓް އެސްޓިމޭޝަން އެކެވެ. މި އެސްޓިމޭޓް ހެދުމުގައި މީޑިއަމް އަދި ލޯވޯލްޓޭޖު މީޓަރުގެ އަދަދަށް، މީޑިއަމް އަދި ލޯވޯލްޓޭޖް ޓްރާންސްފޯމަރުގެ އަދަދަށް، ކެޕޭސިޓީއަށް، އަދި އެމުއްދަތުގެ ތެރޭގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ޖުމްލަ މީޓަރުގެ އަދަދަށް ރިޢާޔަތް ކުރަންވާނެއެވެ. | 2. | | | |
ޕްލޭން ހެދުމުގައި މިމާއްދާގެ (ހ) ގެ 1 ގައި ބަޔާންކޮށްފައިވާ ސްޕެސިފިކް އިންސްވެސްމަންޓް ޕްރޮޖެކްޓު އިތުރަށް ބެހިގެންވާ ބައިތަކަކީ:- | | (ށ) | | |
ޑިމާންޑް ކަވަރޭޖް ޕްރޮޖެކްޓުތައް: ޖެނެރޭޝަން ނުވަތަ ޑިސްޓްރިބިއުޝަން ޕްރޮޖެކްޓުތަކުގެ ތެރެއިން، އިތުރުވަމުންދާ ޑިމާންޑްއާއި އެއްވަރަށް ރައްކާތެރިކާމާއެކު އެކަށީގެންވާ މިންވަރަށް ޚިދުމަތް ފޯރުކޮށް ދިނުމަކީ މައިގަނޑު އަމާޒު ކަމުގައިވާ ޕްރޮޖެކްޓުތަކެވެ. | 1 | | | |
ޚިދުމަތުގެ ފެންވަރު މަތިކުރުން: ޖެނެރޭޝަން ނުވަތަ ޑިސްޓްރިބިއުޝަން ޕްރޮޖެކްޓުތަކުގެ ތެރެއިން، މުޅި ސިސްޓަމްގެ ފެންވަރު ރަނގަޅުކުރުމަކީ މައިގަނޑު އަމާޒު ކަމުގައިވާ ޕްރޮޖެކްޓުތަކެވެ. މިފަދަ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭނީ، ގެއްލުން ކުޑަކުރުމަށް ހިންގޭ ޕްރޮޖެކްޓުތަކާއި، މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތަކުގެ ކޮންވާރޝަން އެފިޝަންސީ މަތިކުރުމަށް ހިންގޭ ޕްރޮޖެކްޓުތަކާއި، އަދި ކަރަންޓް އުފެއްދުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހިންގޭ މަޝްރޫޢުތަކެވެ. | 2. | | | |
ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަކެތި އާ ކުރަން ހިންގޭ ޕްރޮޖެކްޓުތައް: މުއްދަތުހަމަވެފައި ނުވަތަ ބޭނުންނުކުރެވޭ ވަރަށް އޭގެ ހާލަތު ދަށްވެފައިވާ ޖެނެރޭޓަރުތައް ނުވަތަ ޑިސްޓްރިބިއުޝަން ލައިން އައު ކުރުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮޖެކްޓުތަކެވެ. މީގެ ތެރޭގައި ޖެނެރޭޓަރ ބަދަލުކުރުން ނުވަތަ އިންޖީނުގެ ހުރި ސަރަހައްދުގެ ގޮތުން އެހެން ސަރަހައްދަކަށް ބަދަލު ކުރަން ހިންގޭ ޕްރޮޖެކްޓައް ހިމެނޭނެއެވެ. | 3. | | | |
އެހެނިހެން ޕްރޮޖެކްޓުތައް: މަތީގައި ބަޔާން ކުރެވިފައިވާ ބައިތަކުގައި ހިމެނިފައި ނުވާ ކަންތައްތައްކެވެ. | 4. | | | |
ކެޕިޓަލް އިންވެސްޓްމަންޓު ޕްލޭންގައި ހިމަނާ އިންވެސްޓްމަންޓުތައް އަންނަނިވި އުސޫލުން، އެއިންވެސްޓްމަންޓަކީ ބޭނުންތެރި އަދި ކޮންމެހެން ކުރަންޖެހޭ އިންވެސްޓްމަންޓެއްކަން ސާބިތުކޮށްދޭންވާނެއެވެ. | | (ހ) | 3. | އިންވެސްޓްމަންޓު ޕްރޮޖެކްޓުތަކުގެ ޞައްޙަކަން ސާބިތުކޮށް ދިނުން. |
ޑިމާންޑް ކަވަރޭޖް ޕްރޮޖެކްޓުތައް: މި ޕްރޮޖެކްޓުތަކަކީ ބޭނުންތެރި އަދި ކޮންމެހެން ކުރަންޖެހޭ އިންވެސްޓްމަންޓެއްކަން ސާބިތުކޮށް ދިނުމަށް ކޯސްޓް ބެނިފިޓް އެނަލިސިސް ހަދާކަށް ނުޖެހެއެވެ. އެހެންނަމަވެސް، މިފަދަ ޕްރޮޖެކްޓުތަކުގެ ތެރެއިން 1,000,000.00 (އެއްމިލިއަން ރުފިޔާ) އަށް ވުރެން އިތުރުވާ ޕްރޮޖެކްޓުތަކަށް ތިރީގައި ބަޔާން ކުރެވިފައިވާ ބައިތައް ހިމަނަންވާނެއެވެ. - ޕްރޮޖެކްޓަކީ އަގުގެގޮތުން އެންމެ ޚަރަދު ކުޑަކޮށް ހިންގޭ ޕްރޮޖެކްޓެއްކަން. - އެ ޕްރޮޖެކްޓަކީ މާލީ ގޮތުން އެންމެ ރަނގަޅު ޕްރޮޖެކްޓަކަށް ނުވި ނަމަވެސް ސަރުކާރުގެ ސިޔާސަތެއް ތަންފީޛު ކުރުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ޕްރޮޖެކެޓެއްކަން. | 1 | | | |
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރުވޭ އިންވެސްޓްމަންޓުތައް:މިފަދަ ޕްރޮޖެކްޓުތަކަށް ކުރެވޭ ޙަރަދު 1,000,000.00 (އެއްމިލިއަން ރުފިޔާ) އަށް ވުރެ އިތުރުވާނަމަ، ކޯސްޓް ބެނެފިޓް އެނަލިސިސްއެއް އެފަދަ އިންވެސްޓްމަންޓަށް ހަދަންވާނެއެވެ. މި އެނަލިސިސްގައި އިންވެސްޓްމަންޓަށް ކުރާ ޚަރަދަށްވުރެ އެއިން ލިބޭ ފައިދާ ބޮޑުވާނެކަން ސާބިތުކޮށްދޭންވާނެއެވެ. | 2 | | | |
ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަކެތި އައު ކުރުން: މިފަދަ ޕްރޮޖެކްޓުތަކުގެ ޞައްޙަކަން ސާބިތުކުރުމަށްޓަކައި އައު ކުރަން ބޭނުންވާ ހަރުމުދަލުގެ ހާލަތާއި އޭގެ ހާލަތު ދަށްވެފައިވާ ސަބަބު ކުރުގޮތަކަށް ބަޔާން ކޮށްދެވެން ޖެހޭނެއެވެ. | 3 | | | |
އެހެނިހެން ޕްރޮޖެކްޓުތައް : މިފަދަ ޕްރޮޖެކްޓުތަކުގެ ޞައްޙަކަން ކަޑައަޅާނީ، އެ މަސައްކަތުގެ އަސްލާއި ބާވަތަށް ބަލައި އެއަށް ކަނޑައަޅާފައިވާ ނަތީޖާ އަށް ބިނާކޮށެވެ. | 4 | | | |
ނޮން ސްޕެސިފިކް އިންވެސްޓްމަންޓު ޕްރޮޖެކްޓު: ވަކި ކަމަކަށް ޚާއްސަ ނޫން ޕްރޮޖެކްޓުތަކުގެ ތަފްސީލް ކޮންމެހެން ހުށަހަޅާކަށް ނުޖެހެއެވެ. އެ ޕްރޮޖެކްޓުގެ ޞައްޙަކަން ބަލާނީ މި އޮތޯރިޓީއަށް ހުށަހަޅާފައި ވާ އަދަދު (ޔުނިޓް އަދި ޖުމްލަ ޚަރަދު) ދިރާސާ ކުރުމަށްފަހުއެވެ. | 5 | | | |
މި އޮތޯރިޓީ އިން ކެޕިޓަލް އިންވެސްޓްމަންޓު ޕްލޭން އަށް ހުއްދަ ދޭނީ ކެޕިޓަލް އިންވެސްޓްމަންޓު ޕްލޭނަކީ ކޮންމެހެން ބޭނުންވާނެ އެއްޗެއްތޯ ބެލުމަށްފަހު، މިގަވާއިދުގައި ބަޔާންކުރެވިފައިވާ މިންގަނޑުތަކާއި އެއްގޮތްތޯ ބަލައި މުރާޖާކުރުމަށްފަހުގައެވެ. | | (ހ) | 4. | އިންވެސްޓްމަންޓު ބަލައި މުރާޖާކުރުން |
ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ކެޕިޓަލް އިންވެސްޓްމަންޓު ޕްލޭންގެ ފާސްކުރަން ހުށަހަޅާއިރު ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ. | | (ށ) | | |
އިންވެސްޓްމަންޓުގެ ސްކޯޕް | 1 | | | |
ހުށަހަޅާ އިންވެސްޓްމަންޓު ޕްލޭން ގެ މަގުސަދު. | 2 | | | |
އަދި މީގެ އިތުރުން ގައިޑްލައިން ގައި ބާޔާންކުރެވިފައިވާ ހުރިހާ ކަންތައްތައް އެޕްލިކޭޝަން ގައި، ފުރިހަމަކުރެވިފައި އޮތުމާއެކު އިންވެސްޓްމަންޓު ޕްލޭން އިވެލުއޭޝަން ކްރައިޓީރިޔާއަށް ފެތޭމިންވަރު ބަޔާންކޮށްފައި އޮންނަން ޖެހޭނެއެވެ. މި އިންވެސްޓްމަންޓު ޕްލޭން އެޕްރޫވް ކުރެވޭނީ މައިގަނޑު ގޮތެއްގައި ސްކޯޕް އަދި މަޤްސަދަށް ބެލުމަށްފަހުގައާއި ގައިޑްލައިންގައިވާ މިންގަޑުތަކަށް ފެތޭ މިންވަރަށް ވެސް ބެލުމަށްފަހުއެވެ. | 3 | | | |
ހުށަހަޅާ ކެޕިޓަލް އިންވެސްޓްމަންޓު ޕްލޭން ޕްރޮޕޯސަލްއާއި އެއާއެކު ހުށަހެޅޭ އެހެނިހެން ތަކެތި، ތިރީގައި ބަޔާން ކުރެވިފައިވާ ފާސްކުރުމުގެ މިންގަޑުތަކަށް ފެތޭތޯ ބެލެވޭނެއެވެ. މިގޮތުން: | | (ނ) | | |
ޚިދުމަތް ލިބިގަންނަ ފަރާތަށް އޭގެ ބޭނުންތެރިކަން | 1 | | | |
ބޭނުންކުރެވެމުންދާ އިކުއިޕްމަންޓްތަކަކީ އޭގައި ބަޔާންކުރެވިފައިވާ ކެޕޭސިޓީ އާއި އެއްފެންވަރަށް މަސައްކަތްކުރާ އަދި މިކަމަށް ކޮންމެހެން ބޭނުންވާނެ އިންވެސްޓްމަންޓެއްތޯ ބެލެވޭނެއެވެ. | 2 | | | |
އިންވެސްޓްމަންޓުގެ ސަބަބުން މިހާރު ބޭނުންކުރެވެމުންދާ އިކުއިޕްމަންޓްތަކުގެ ލޯޑް ކުޑަކުރެވޭތޯއާއި، އެއިކުއިޕްމަންޓް ބޭނުންކުރެވޭ މުއްދަތު އިތުރުކުރެވޭތޯ ބެލެވޭނެއެވެ. | 3 | | | |
އިންވެސްޓްމަންޓުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރަތްތަކުން ޚިދުމަތްދޭ ފަރާތަށް ކުރާ އިތުބާރު އިތުރުކުރެވޭތޯ ބެލެވޭނެއެވެ. | 4 | | | |
އިންވެސްޓްމަންޓުގެ ސަބަބުން މިހާރު ބޭނުންކުރަމުންދާ ނިޒާމު މަރާމާތުކޮށް ބެލެހެއްޓުމަށް މަގުފަހިވޭތޯ އާއި އަދި މަރާމާތުކުރާ ގަޑިތަކުގައި ބެކްއަޕްގެ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭތޯ ބެލެވޭނެއެވެ. | 5 | | | |
އިންވެސްޓްމަންޓަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އިތުރަށް އިދާރީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންވާނެ އިންވެސްޓްމަންޓެއްތޯ ބެލުވޭނެއެވެ. | 6 | | | |
މިއޮތޯރިޓީން ހިންގާ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޯ ބެލެވޭނެއެވެ. | | (ހ) | 4. | ޓެކްނިކަލީ ބަލަންޖެހޭ ކަންތައް (ޓެކްނިކަލް ޖަސްޓިފިކޭޝަން) |
ކަނޑައެޅިފައިވާ އިކުއިޕްމެންޓްތަކުގެ އުމުރަށް ވުރެން ގިނަދުވަހު ބޭނުންކުރެވިފައިވާ ތަކެތި އާ ކުރަން ކޮންމެހެން ޖެހޭތޯ ބެލުން. | 1 | | | |
އިކުއިޕްމެންޓްގެ އުމުރަކީ އެކަށީގެންވާ އުމުރެއް ތޯ ބެލުން. | 2 | | | |
އެ އިކުއިޕްމެންޓަކާއި ގުޅޭ ޓެކްނޮލޮޖީ ބޭނުންކުރެވެނީ ކިހާ މުއްދަތަކަށްކަން ބެލުން. | 3 | | | |
އިންވެސްޓްމަންޓުގެ ސަބަބުން ކަރަންޓު ފޯރުކޮށް ދިނުމުގެ ޚިދުމަތް މިހާރަށްވުރެން ރަނގަޅުފެންވަރަކަށް ދެވިދާނެތޯ ބެލުން. | 4 | | | |
ނިޒާމްގެ ތެރެއިން ގެއްލޭ ހަކަތަ މަދުކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއްތޯ ބެލުން | 5 | | | |
ހުށަހަޅާފައިވާ ކެޕިޓަލް އިންވެސްޓްމަންޓް ޕްލޭނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ތަރުހީބުދޭ ކަމެއްކުރުމަށް ހުށަހަޅާފައިވާ އެއްޗެއްތޯބެލުން. | | | 5. | ޤާނޫން އަދި/ނުވަތަ ސިޔާސަތުތަކަށް ރިޢާޔަތްކުރުން |
ހުށަހަޅާފައިވާ އިންވެސްޓްމަންޓަކީ މިއޮތޯރިޓީ އާއި އެހެނިހެން ކަމާގުޅުންހުރި ފަރާތްތަކުން ކަނޑައަޅައިފައިވާ ޓެކްނިކަލް މިންގަޑުތަކާއި، ސަލާމަތީ މިންގަޑުތަކަށް ފެތޭ އެއްޗެއްތޯބެލުން. | | | 6. | ސަލާމަތީ މިންގަޑުތައް |
އިންވެސްޓްމަންޓުގެ ސަބަބުން ހިގާފާނެ ޚަރަދާއި ނުވަތަ އިތުރުވާ ޚަރަދަކީ އެކަށީގެންވާ އަދި މާރކެޓް ރޭޓާއި އެއްހަމައެއްގައި ކުރެވޭ ޚަރަދެއްތޯ ބެލުން. | | (ހ) | 7. | ޚަރަދުގެ ސައްޙަކަން ދެނެގަތުން |
ހުށަހަޅާފައިވާ އިންވެސްޓްމަންޓަށް އަޅާކިޔާއިރު އޭގައި ބަޔާން ކުރެވިފައިވާ ރިކަރަންޓް ޚަރަދަކީ އެކަށީގެންވާ ޚަރަދެއްތޯ ބެލުން. | | (ށ) | | |
އެންމެ ޚަރަދު ކުޑަ ގޮތް ހޯދައި، އެ ގޮތް ހިޔާރުކޮށްފައިވޭތޯ ބެލުން. | | (ނ) | | |
އިންވެސްޓް ޕްލޭންގައި ހިމެނިފައިވާ ޚަރަދުތަކުގެ ތެރެއިން އެހާތަނަށް އެއްވެސް ޚަރަދެއް ކުރެވިފައިވާނަމަ، އެކަމަށް ހިނގި އަސްލު ޚަރަދު ދެނެގަތުން. | | (ރ) | | |
ޚިދުމަތް ލިބިގަންނަ ފަރާތަށް ލިބޭ ކޮންޓިޓޭޓިވް އަދި ކޮލިޓޭޓިވް ފައިދާތަކަކީ ކޮބައިތޯބެލުން. | | (ހ) | 8. | ފައިދާތައް ދެނެގަތުން |
އިންވެސްޓްމަންޓުން އަނބުރާ ލިބޭ ފައިދާ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަލައިގަނެވޭނެ ފައިދާއެއްތޯ ބެލުން. | | (ށ) | | |
ރިކަރަންޓް ޚަރަދާއި، އިންވެސްޓްމަންޓަށް ދާނެ ޚަރަދާއި ލިބޭ ފައިދާތައް ބަލައި މުތޯލިޔާކުރުމަށް ފަހު އެ އިންވެސްޓެއްގެ ސަބަބުން ކުރިޔަށް އޮތް 5 އަހަރު ދުވަހަށް ޚިދުމަތް ލިބިގަންނަ ފަރާތަށް އެއިން ކުރާނެ އަސަރު އެގެން އޮތުން . | | (ރ) | | |
މިހާތަނަށް ފާހަގަ ކުރެވިފައިވާ ނަތީޖާ ނުވަތަ ފައިދާ ލިބިފައިވާނަމަ އެ ފައިދާ އަކީ ކޮބައިކަން އެގެން އޮތުން. | | (ބ) | | |