| | | | 1 ވަނަ ބައި - ތަޢާރުފު |
ތަޢާރުފު | 1 | | | މިޤަވާއިދަކީ، ޤާނޫން ނަންބަރު 96/4 (އާންމު ބޭނުންތަކުގެ ޚިދުމަތާ ބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އާންމު ބޭނުންތަކުގޚިދުމަތެއްގޮތުގައި ކަރަންޓް އުފައްދާ، ޓްރާންސްމިޓްކޮށް، ޑިސްޓްރިބިއުޓްކޮށް އަދި ސަޕްލައިކުރުމުގެ ޚިދުމަތް ނުވަތަ މި ޚިދުމަތްތަކުން ބައެއް ޚިދުމަތްތައްދޭ ފަރާތްތައް ރަޖިސްޓަރކޮށް އެފަރާތްތަކަށް އޮޕަރޭޓިން ލައިސަންސް ދޫކުރުން ނުވަތަ ލައިސަންސުން އިސްތިސްނާ ވުމުގެ އާންމު އުސޫލުތަކާއި، ޝަރުތުތައް ބަޔާންކުރާ ޤަވާއިދެވެ. |
ނަން | 2 | | | މިޤަވާއިދަށް ކިޔާނީ، "ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ގަވާއިދު، 2014" އެވެ. |
ޤަވާއިދަށް އަމަލުކުރަން ފެށުން | 3 | | | މިގަވައިދަށް އަމަލު ކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސްވާ ދުވަހުން ފެށިގެންނެވެ. |
ގަވާއިދު ތަންފީޛުކުރާ ފަރާތް | 4 | | | މިގަވާއިދު ތަންފީޛުކުރާނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީންނެވެ. |
ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތް | 5 | (ހ) | | އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކަރަންޓު އުފައްދާ، ޓްރާންސްމިޓްކޮށް، ޑިސްޓްރިބިއުޓްކޮށް އަދި އަދި ސަޕްލައިކުރާ ނުވަތަ އިސްވެދެންނެވުނު ޚިދުމަތްދޭ ފަރާތްތައް ނުވަތަ އިސްވެދެންނެވުނު ޚިދުމަތްތައްދޭން ގަސްތުކުރާ ފަރާތްތައް. |
| | (ށ) | | އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކަރަންޓު ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތައް. |
ލައިސަންސް ދޫކުރެވޭ ފަރާތްތައް | 6 | (ހ) | | ލައިސަންސް ދޫކުރެވޭ ފަރާތަކީ، މުދާ މިލްކު ކުރުމާއި އަދި ދަރަންޏަށް ޒިންމާ ވުމުގެ ޤާނޫނީ ބާރު ލިބިފައިވާ ސަރުކާރުގެ ނުވަތަ ސަރުކާރު ޙިއްޞާވާ ނުވަތަ އަމިއްލަ ފަރާތެއްގެ ކުންފުންޏެއް ނުވަތަ ރަށު ކައުންސިލުގެ އިދާރާ، ނުވަތަ ރައްޔިތުން ޙިއްޞާވާ ކޯރޕަރޭޓިވްއަކަށް ވާންޖެހޭނެއެވެ. |
| | (ށ) | | ސަރުކާރުގެ އެއްވެސް ޙިއްޞާއެއްނެތި މުޅިން އަމިއްލަ ފަރާތެއްގެ ކުންފުންޏަކަށް ލައިސަންސް ދޫކުރާއިރު، އެފަރާތަކީ، ދިވެހި ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެދަށުން ރަޖިސްޓަރކޮށްފައިވާ އަދި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ކަރަންޓް އުފެއްދުން، ޓްރާންސްމިޓްކުރުން، ޑިސްޓްރިބިއުޓުކުރުން، ސަޕްލައިކުރުން އެކުންފުނީގެ އުފެއްދި މަޤްސަދުތަކުގެ ތެރޭގައި ހިމެނިފައިވާ ކުންފުންޏަކަށް ވާންޖެހޭނެއެވެ. |
| | (ނ) | | މިގަވާއިދުގެ ދަށުން ލައިސަންސަށް އެދޭ ފަރާތަކީ ސަރުކާރުގެ އެއްވެސް ޙިއްޞާއެއްނެތި މުޅިން އަމިއްލަ ފަރާތެއްގެ ކުންފުންޏެއްނަމަ، އެފަރާތަކީ އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދޭވޭ ފަދަ މާލީ އަދި ފަންނީ ޤާބިލްކަން ހުރި ކުންފުޏެއްކަން ސާބިތުކޮށްދޭންވާނެއެވެ. |
| | (ރ) | | މިމާއާދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ސަރުކާރުން ވަކި ކަމަކަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ، ނުވަތަ ސަރުކާރުން ވަކިކަމަކަށް އަމިއްލަ ފަރާތަކަށް ކުއްޔަށްދީފައިވާ މީހުން ދިރިނޫޅޭ ރަށްރަށުގައި އެ ރަށެއް ހަވާލުކުރެވިފައިވާ ނުވަތަ އެ ރަށެއް ކުއްޔަށް ދެވިފައިވާ ފަރާތަށް ނުވަތަ އެ ފަރާތުން ކަނޑައަޅާ އެހެން ފަރާތަކަށް އެރަށެއްގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ހުއްދަ މިއޮތޯރިޓީއަށް ދެވިދާނެއެވެ. |
ލައިސަންސް ގިންތި ކުރެވޭގޮތް | 7 | (ހ) | | މިގަވާއިދުގެ ދަށުން އޮޕަރޭޓިންގ ލައިސަންސް ދުކުރެވޭ ގިންތިތަކަކީ:- |
| | | 1 | އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓު އުފައްދާ، ޑިސްޓްރިބިޔުޓްކޮށް އަދި ސަޕްލައިކުރުމުގެ ލައިސަންސް ނުވަތަ "ސާރވިސް ޕްރޮވައިޑަރ ލައިސަންސް" |
| | | 2 | އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ހަމައެކަނި ކަރަންޓު އުފައްދާ ވިއްކުމުގެ ލައިސަންސް ނުވަތަ "އިންޑިޕެންޑަންޓް ޕަވަރ ޕްރޮޑިއުސަރ ލައިސަންސް" |
| | | 3 | އާންމު ބޭނުންތަކުގެ ޙިދުމަތެއްގެ ގޮތުގައި ދެރަށް ދޭތެރޭގައި އެޅޭ ކޭބަލަކުން ކަރަންޓް ޓްރާންސްމިޓު ކޮށް ވިއްކުމުގެ ލައިސަންސް ނުވަތަ "ޓްރާސްމިޝަން ލައިސަންސް". |
ލައިސަންސުގެ ދާއިރާ | 8 | (ހ) | | ސަރވިސް ޕްރޮވައިޑަރ ލައިސަންސް ލިބިގެން ޚިދުމަތްދޭ ފަރާތެއް އެރަށެއްގައި ހުރިނަމަ، އެރަށެއްގައި ކަރަންޓުގެ ޚިދުމަތް އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ދޭން ބޭނުންވާ އެހެން ފަރާތަކަށް ދޫކުރެވޭނީ، ހަމައެކަނި އިންޑިޕެންޑެންޓް ޕަވަރަ ޕްރޮވައިޑަރ ލައިސަންސް އެވެ. މިގޮތަށް އުފައްދާ ކަރަންޓު އާންމުކޮށް ޑިސްޓްރިބިއުޓްކުރުމުގެ ހުއްދަ އެފަރާތަށް އޮވެގެން ނުވާނެއެވެ. އަމިއްލަ ފަރާތްތަކުން އުފައްދާ ކަރަންޓު ޑިސްޓްރިބިއުޓް ކުރަންވާނީ، އެ ރަށެއްގައި އާންމުކޮށް ކަރަންޓުގެ ޚިދުމަތްދިނުމަށް ރަޖިސްޓަރކޮށްފައިވާ ސަރވިސް ޕްރޮވައިޑަރ ލައިސަންސް އޮންނަ ފަރާތާއި އަމިއްލަ ފަރާތާއި ދެމެދު ސޮއިކުރެވޭ ޕަވަރ ޕަރޗަސިންގ އެގްރީމަންޓެއްގެ ދަށުންނެވެ. |
| | (ށ) | | މިގަވައިދުގެ 7 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދައިގެ ދަށުން ކަރަންޓުގެ ހިދުމަތް ދެވޭނީ ލައިސަންސްގެ ދަށުން ހުއްދަ ދެވިފައިވާ ރަށަކަށް ނުވަތަ ސަރަހައްދަކަށް އެކަންޏެވެ. |
| | (ރ) | | ސަރވިސް ޕްރޮވައިޑަރެއްގ ގޮތުގައި މިއޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން އެއްވެސް ރަށެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނިކޮށް، އަމިއްލަ ބޭނުމަށް، މިގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ނުވަތަ ހާލަތްތަކުގައި މެނުވީ، ޚިދުމަތް ލިބިގަންނަ ފަރާތަކުން އިޢާދަނުކުރެވޭ ވަސީލަތެއް ބޭނުންކޮށްގެން ދާއިމީކޮށް ކަރަންޓު އުފައްދައިގެންނުވާނެއެވެ. |
ލައިސަންސް ނެގުމުން އިސްތިސްނާވާ ޙާލަތްތައް | 9 | (ހ) | | ސަރވިސް ޕްރޮވައިޑަރ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ކެޕޭސިޓީ ނެތުމުގެ ސަބަބުން ޚިދުމަތް ލިބިގަންނަފަރާތް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭނަމަ ޚިދުމަތް ލިބިގަންނަފަރާތްބޭނުންވާ މިންވަރަށް އިޢާދަނުކުރެވޭ ވަސީލަތެއް ބޭނުންކޮށްގެންވެސް ދާއިމީކޮށް ކަރަންޓު އުފައްދައި ބޭނުންކުރުމުގެ ހުއްދަ މިއޮތޯރިޓީން ޚިދުމަތް ލިބިގަންނަ ފަރާތަށް ދެވިދާނެއެވެ. |
| | (ށ) | | ހަމައެކަނި އާންމުކޮށް ކަރަންޓުގެ ޚިދުމަތްދޭ ފަރާތުން ފޯރުކޯށްދޭ ކަރަންޓު މެދުކެނޑޭ ހާލަތްތަކުގައި ތިރީގައި ބަޔާންކުރެވިފައިވާ ފަދަ ތަކެއްޗަށާއި ކަންކަމަށް ބޭނުންކުރުމަށެވެ. |
| | | 1 | ލިފްޓާއި އެސްކަލޭޓަރ، |
| | | 2 | އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ބެހޭ ނިޒާމް، |
| | | 3 | ތާޒާކަންމަތީގައި ކޮންމެހެން ބެހެއްޓުމަށް ބޭނުންވާ ތަކެތި ރައްކާތެރިކުރުމަށް، |
| | | 4 | އިމާރާތްތަކުގެ ސަރވިސް އޭރިއާތަކަށް އަލިކުރުމަށް ބޭނުންކުރެވޭ ލައިޓްތައް، |
| | | 5 | ސިއްހީ ޚިދުމަތްދޭ ތަންތަނުގައިވާ ސެންސިޓިވް އޭރިއާތައް، |
| | | 6 | ޤައުމީ ސަލާމަތާބެހޭ ސެންސިޓިވް އޭރިއާތައް، |
| | | 7 | ޓެލެކޮމިއުނިކޭޝަން ސަރވިސް، ރޭޑިއޯ އަދި ޓެލެވިޜަން ޓްރާންސްމިޝަން. |
| | | 8 | ބޭސް، އިންޖެކްޝަން ފަދަ ވަކި ފިނިހޫނު މިނެއްގައި ބަހައްޓަންޖެހޭ ތަކެތި ރައްކާތެރިކުރުމަށް. |
| | (ނ) | | މިމާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތަށް ސްޓޭންޑްބައި ނުވަތަ ބެކްއަޕް ސިސްޓަމެއް ހިންގަން ނުވަތަ އަމިއްލަ ބޭނުމަށް ކަރަންޓް އުފެއްދުމަށް ދޫކުރެވޭ ޖެނެރޭޝަން ލައިސެންސަށް އެދި ހުށަހަޅާ އެޕްލިކޭޝަނަށް ލައިސަންސްގެ ބަދަލުގައި މިއޮތޯރިޓީން ދޫކުރާނީ ކަރަންޓު އުފައްދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމުގެ ހުއްދައެކެވެ. |
| | | | 2 ވަނަ ބައި – ލައިސަންސް އެޕްލިކޭޝަން ހުށަހެޅުން |
އެޕްލިކޭޝަން ހުށަހަޅަންޖެހޭ ގޮތް | 10 | (ހ) | | ސަރވިސް ޕްރޮވައިޑަރ ލައިސަންސަށް އެދޭ ފަރާތުން މިގަވާއިދުގެ ޖަދުވަލު 1 ގައިވާ އެޕްލިކޭޝަނާއި ބެހޭ އާންމު މަޢުލޫމާތު އަދި ޖަދުވަލު 2 ގައިވާ އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު ޖަދުވަލު 3 ގައިވާ ސަރވިސް ޕްރޮވައިޑަރ ލައިސަންސަށް އެދޭފަރަތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު ހުށަހަޅަންވާނެއެވެ. |
| | (ށ) | | އިންޑިޕެންޑެންޓް ޕަވަރ ޕްރޮޑިއުސަރ ލައިސަންސަށް އެދޭ ފަރާތުން މިގަވާއިދުގެ ޖަދުވަލު 1 ގައިވާ އެޕްލިކޭޝަނާއި ބެހޭ އާންމު މަޢުލޫމާތު އަދި ޖަދުވަލު 2 ގައިވާ އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު ޖަދުވަލު 4 ގައިވާ އިންޑިޕެންޑެންޓް ޕަވަރ ޕޮރޮވައިޑަރ ލައިސަންސަށް އެދޭފަރަތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު ހުށަހަޅަންވާނެއެވެ. |
| | (ނ) | | ހަމައެކަނި ޓްރާންސްމިޝަން ލައިސަންސަށް އެދޭ ފަރާތުން މިގަވާއިދުގެ ޖަދުވަލު 1 ގައިވާ އެޕްލިކޭޝަނާއި ބެހޭ އާންމު މަޢުލޫމާތު އަދި ޖަދުވަލު 2 ގައިވާ އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު ޖަދުވަލު 5 ގައިވާ ޓްރާންސްމިޝަން ލައިސަންސަށް އެދޭފަރާތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު ހުށަހަޅަންވާނެއެވެ. |
| | (ރ) | | ހަމައެކަނި އަމިއްލަ ބޭނުމަށް ނުވަތަ ބެކްއަޕް ޖަނަރޭޓަރެއްގެ ގޮތުގައި ހިންގުމުގެ ހުއްދައަށް އެދޭ ފަރާތުން މިގަވާއިދުގެ ޖަދުވަލު 1 ގައިވާ އެޕްލިކޭޝަނާއި ބެހޭ އާންމު މަޢުލޫމާތު އަދި ޖަދުވަލު 2 ގައިވާ އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކުޖަދުވަލު 6 އަމިއްލަ ބޭނުމަށް ނުވަތަ ބެކްއަޕެއްގެ ގޮތުގައި ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހަޅަންވާނެއެވެ. |
| | (ބ) | | އެޕްލިކޭޝަނުގެ 2 ދެލިކޮޕީ އާއެކު ކޮންމެ ހުށަހެޅުމެއްގެ އިލެކްޓްރޯނިކް ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ކޮންމެ ހުށަހެޅުމެއްގެ ހުރިހާ ބައިތަކެއްވެސް ފުރިހަމަކުރެވިފައިވާން ވާނެއެވެ. މި ގޮތުން ހުށަހަޅާ މަޢުލޫމާތު ހުންނަންވާނީ:- |
| | | 1 | ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން އިންޖިނިއަރިން މަސައްކަތްތައް ހުއްނަންޖެހޭނީ މިއޮތޯރިޓީން ކަމާއި ބެހޭ މަސައްކަތްތައްކުރުމަށް ލައިސަންސް ދޫކޮށްފައިވާ އިންޖިނޭރަކު ބަލާ ޗެކްކޮށްފައެވެ. އަދި މާލީ ހިސާބުތައް ހުންނަންވާނީ މޯލްޑިވެސް އިންލަންޑް ރެވެނިއު އޮތޯރިޓީން މިފަދަ މަސައްކަތްތަކަށް ކުރުމަށް ހުއްދަކޮށްފައިވާ ފަރާތެއް ބަލައި ޗެކްކޮށްފައެވެ. (ޗެކްކުރި އިންޖިނޭރު ނުވަތަ އެކައުންޓެންޓް/ފައިނޭސްޝިއަލް އެނަލިސްޓް ނަމާއި ސޮއި އަދި ލައިސަންސް ނަންބަރު އެ މައުލޫމާތު ހިމެނޭ ޑޮކިއުމަންޓްތަކުގައި އޮންނަންވާނެއެވެ.) |
| | | 2 | ހުށަހަޅާ ހުރިހާ ޑޮކިއުމަންޓްތައް ހުންނަންޖެހޭނީ އެއްކޮށް ބައިންޑްކޮށްފައެވެ. އަދި A4 ސައިޒަށް ވުރެން ބޮޑެތި ޑޮކިއުމަންޓް ހުންނަންޖެހޭނީ A4 ސައިޒްއަށް ފިޓްވާ ގޮތަށް ފަތްޖަހާފައެވެ. |
| | | 3 | ހުށަހަޅާ ޑޮކިއުމަންޓްތަކުގައިވާ މައުލޫމާތު ހުއްނަންޖެހޭނީ ފަސޭހައިން ކިޔަންއެގޭ ގޮތަށެވެ. |
| | | 4 | އެޕްލިކޭޝަން ހުށަހަޅަނީ ލައިސަންސް ނުވަތަ ހުއްދަ އައު ކުރުމަށް ނުވަތަ ބަދަލެއް ގެނައުމަށް ކަމުގައި ވާނަމަ، ހުށަހަޅަންޖެހޭ ލ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ އެންމެ ފަހުން އޮތޯރިޓީއަށް ހުށަހެޅިފައިވާ މަޢުލޫމާތާއި ލިޔެކިޔުންތަކާއި ތަފާތުވާނަމަ ނުވަތަ އިތުރު ކުރަން ނުވަތަ އުނިކުރަން އެދޭ މަޢުލޫމާތެކެވެ. |
| | (ޅ) | | ކޮންމެ އެޕްލިކޭޝަނަކާއެކު ލައިސަންސަށް އެދޭ ފަރާތުން މިގަވާއިދު ޖަދުވަލު 8 ގައިވާ އިޤްރާރު ސޮއިކުރުމަށްފަހު ހުށަހަޅަންވާނެއެވެ. |
| | (ކ) | | މިއެޕްލިކޭޝަން އަދި މިއެޕްލިކޭޝަނާ ގުޅިގެން މިއޮތޯރިޓީޢަށް ފޮނުވާ ލިޔުމާއި، އެދޭ އެދުންތަކާއި، އަންގާ އެންގުންތައް ހުންނަންވާނީ ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންނެވެ. އަދި އެއިން އެއްވެސް އެއްޗެއް، މިއޮތޯރިޓީއަށް ރައްދު ކުރެވިއްޖެ ކަމަށް، ނުވަތަ ފޮނުވިއްޖެ ކަމަށް، ނުވަތަ ދެވިއްޖެ ކަމަށް ބެލޭނީ، އަތުން އަތަށް ޙަވާލުކުރުމުން، ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިޓީއެއްގެ ގޮތުގައި ފޮނުވުމުންނެވެ. |
އެޕްލިކޭޝަން ފީ | 11 | | | ލައިސަންސް ނުވަތަ ހުއްދައަކަށް އެދި، ނުވަތަ ލައިސަންސް ނުވަތަ ހުއްދައެއް އާކުރުން، ނުވަތަ ގެއްލިގެން އާކުރުން، ނުވަތަ ޓްރާންސްފާކުރަން ނުވަތަ ބަދަލުކުރަން ހުށަހަޅާ ފަރާތަކުން މިގަވާއިދުގެ ޖަދުވަލު 7 އާއި އެއްގޮތަށް އެޕްލިކޭޝަން ފީ ދައްކަންޖެހޭނެއެވެ. |
އާންމުކޮށް އިޢުލާނު ކުރުން | 12 | (ހ) | | އަމިއްލަ ފަރާތަކުން ލައިސަންސަށް އެދި އެޕްލިކޭޝަން މިއޮތޯރިޓީއަށް ހުށަހެޅުމުގެ 30 ދުވަސް ކުރިން އެޕްލިކޭޝަން ހުށަހަޅާ ފަރާތުން އާންމުކޮށް ޝާއިޢުކުރެވޭ ނޫހެއްގައި އެވާހަކަ ޝާއިޢު ކުރަން ވާނެއެވެ. |
| | (ށ) | | އެޕްލިކޭޝަން ހުހަޅާ ފަރާތަކީ ލޯކަލް އޮތޯރިޓީއެއް ނުވަތަ ސަރުކާރުން ކަރަންޓުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ މެޖޯރިޓީ ޝެއަރ އޮންނަ ކުންފުންޏެއްނަމަ ނުވަތަ ސަރުކާރުން ވަކި ކަމަކަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ، ނުވަތަ ސަރުކާރުން ވަކިކަމަކަށް އަމިއްލަ ފަރާތަކަށް ކުއްޔަށްދީފައިވާ ރަށެއް ހަވާލުކުރެވިފައިވާ ނުވަތަ ކުއްޔަށް ހިފިފަރާތް ކަމުގައިވަނީނަމަ، އަދި ޚިދުމަތް ފޯރުކޮށްދޭ ސަރަހައްދަކީ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދެއްކަމުގައިވަނީނަމަ އެޕްލިކޭޝަންގެ ނޯޓިސް އިޢުލާން ކުރާކަށް ނުޖެހޭނެއެވެ. |
| | (ނ) | | މިމާއްދާގެ (ހ) ގެ ދަށުން ކުރެވޭ އިޢުލާނުގައި ކޮންމެހެން ހުންނަންޖެހޭ ބައިތައް:- |
| | | 1 | އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް؛ |
| | | 2 | ލައިސަންސަށް އެދޭ ނިޒާމު ގާއިމު ކުރާ ސަރަހައްދު، ނިޒާމު ސައިޒު، އަދި އެނިޒާމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މިހުންގެ ދިރިއުޅުމަށް ކުރާނެ މަންފާ އަދި ނޭދެވޭ އަސަރުތައް؛ |
| | | 3 | ނިޒާމުގެ ސަބަބުން ސީދާ އަސަރު ކުރާ ފަރާތްތަކުން ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމަށް އިއުތިރާޒްކުރާނަމަ އެކަން ބަޔާންކުރުމަށް އެފަރާތުން ގުޅަންޖެހޭ ފަރާތުގެ މަޢުލޫމާތު. |
ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމަށް އިޢުތިރާޒު ކުރުން | 13 | (ހ) | | އެއްވެސް ފަރާތަކުން ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމަށް އިޢުތިރާޒްކޮށް އެފަދަ ކަމަކާއި ގުޅިގެން އަޑުއެހުމެއް ބޭއްވުމަށް އެދިއްޖެނަމަ އެކަން ލައިސަންސަށް އެދޭ ފަރާތުން މިއޮތޯރިޓީއަށް އަންގަންވާނެއެވެ. |
| | (ށ) | | ކުރެވޭ އިޢުތިރާޒުގެ ކުޑަ ބޮޑުމިނަށްބަލައި އަޑު އެހުމެއް ބާއްވަންޖެހޭ ޙާލަތްތަކުގައި އެއަޑުއެހުން ބާއްވާނެ ދުވަހާއި، ގަޑި އަދި ތަން ބަޔާންކޮށް މިއޮތޯރިޓީން ލައިސަންސަށް އެދޭ ފަރާތަށާއި އަދި ލައިސަންސް ދޫކުރުމަށް އިޢުތިރާޒު ކުރި ފަރާތަށް ދައުވަތު ދޭންވާނެއެވެ. |
| | (ނ) | | ކުރެވޭ އިޢުތިރާޒަކީ އެކަށީގެންވާ ވަރަށްވުރެ ކުޑަ ނުވަތަ ގަބޫލުނުކުރެވޭ އިޢުތިރާޒެއްނަމަ އެއިޢުތިރާޒު ޤަބޫލު ނުކުރެވޭނެ ސަބަބު ބަޔާންކޮށް ލިޔުމުން އެންގުމަށްފަހު، ބަލައިނުގަތުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
| | (ރ) | | އަޑުއެހުން ބާއްވާނީ އެކަމަށް މިއޮތޯރިޓީއިން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށެވެ. |
| | (ބ) | | އަޑުއެހުމަށް ފަހު 15 ދުވަހުގެ ތެރޭގައި ކުރެވިފައިވާ އިޢުތިރާޒަކާއިމެދު އޮތޯރިޓީން ނިންމާ އެންމެ ފަހުގެ ނިންމުން ލައިސަންސަށް އެދޭ ފަރާތަށާއި އިޢުތިރާޒުކުރި ފަރާތަށް މިއޮތޯރީޓީން އަންގަންވާނެއެވެ. |
| | (ޅ) | | މިއޮތޯރިޓީގެ ފަރާތުން އިޢުތިރާޒެއް ޤަބޫލުކުރާނަމަ:- |
| | | 1 | އެއިޢުތިރާޒެއް މިއޮތޯރިޓީއަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ކެންސަލްކުރުމަށްފަހު އެޕްލިކޭޝަން ހުށަހެޅި ފަރާތަށް އެޕްލިކޭޝަން ކެންސަލް ކުރެވުނު ސަބަބު ލިޔުމުން ބަޔާންކޮށް އަންގަންވާނެއެވެ. |
| | | 2 | އެޕްލިކޭޝަން އަލުން ބަލައިގަތުމަށްޓަކައި އެޕްލިކޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ނުވަތަ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް 30 ދުވަހުގެ މުއްދަތެއްދިނުމަށްފަހު، މިމުއްދަތު ތެރޭގައި އެޕްލިކޭޝަން އަލުން ހުށަހެޅުމަށް އަންގަން ވާނެއެވެ. |
އެޕްލިކޭޝަން ބަލައިގަތުން | 14 | (ހ) | | މިއޮތޯރިޓީއަށް އެޕްލިކޭޝަން ބަލައިގަތުމަށްފަހު، ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް ފަރާތުގެ ނަމާއި މަޤާމް ނޯޓުކުރަންވާނެއެވެ. އަދި އެޕްލިކޭޝަނާއި އެކު އެޕްލިކޭޝަން ފީ ދެއްކިކަމުގެ ފައިސާގެ ރަސީދެއް ވެސް ދޭންވާނެއެވެ. |
އިތުރު މަޢުލޫމާތު ސާފުކުރުން | 15 | | | ހުށަހެޅިފައިވާ އެޕްލިކޭޝަނާއި ގުޅިގެން މިއޮތޯރިޓީން ކޮންމެހެން ބޭނުންވާ އިތުރު މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ބޭނުވެއްޖެ ހިނދު، 30 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޮނުވި ފަރާތުން އޮތޯރިޓީއަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ. |
އެޕްލިކޭޝަން ބަލާ ފާސްކުރެވޭނެ ތާޜީހެއް އެންގުން | 16 | | | އެޕްލިކޭޝަން އަކީ ހުރިހާ ގޮތަކުން ފުރިހަމަވެފައިވާ، ބޭނުންވާ ހުރިހާ މަޢުލޫމާތެއް އަދި ލިޔެކިޔުމެއް ހިމެނޭ އެޕްލިކޭޝަނެއް ކަމުގައި މިއޮތޯރިޓީން ނިންމައިފިނަމަ އެޕްލިކޭޝަން އެޕްލިކޭޝަން ބަލާ ފާސްކުރެވޭނެ ތާރީހެއް އެޕްލިކޭޝަން ހުށަހެޅިފަރާތަށް އަންގަންވާނެއެވެ. |
އެޕްލިކޭޝަން ފާސްކުރުމުގައި ބަލާނެ ކަންތައްތައް | 17 | (ހ) | | އޮތޯރިޓީގެ ފަރާތުން ލައިސެންސެއް ނުވަތަ ހުއްދައަކަށް އެދި ހުށަހެޅިފައިވާ އެޕްލިކޭޝަނެއް ގަބޫލުކުރާއިރު ނުވަތަ ބާތިލުކުރާއިރު އަންނަނިވި ކަންތައްތަކަށް ރިޢާޔަތް ކުރަންވާނެއެވެ:- |
| | | 1 | އެސަރަހައްދެއްގެ އިޖުތިމާއީ، ސަގާފީ ނުވަތަ މުނިފޫހިފިލުވުމުގެ ކަންކަމަށް ކުރާނެ އަސަރަށް؛ |
| | | 2 | ޤާނޫނު ނަންބަރު ) 4/93ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު (ގެ ދަށުން، ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބަލަން ޖެހޭ މިންގަނޑު ތަކަށް؛ |
| | | 3 | ސަރަހައްދު ނުވަތަ އެ ސަރަހައްދެއްގެ ބިން ބޭނުންކުރެވޭގޮތަށް؛ |
| | | 4 | ޤައުމަށް ނުވަތަ އެސަރަހައްދަކަށް އިޤްތިސާދީގޮތުން އަދި މާލީގޮތުންވާނެ ފައިދާތަކަށް؛ |
| | | 5 | ޚިދުމަތް ދިނުމަށް ހިނގާނެ ޚަރަދު އަދި އެފައިސާ ހޯދުމަށް ރާވާފައިވާ ގޮތް؛ |
| | | 6 | ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް އަދި އެސަރަހައްދެއްގެ އާންމު ފަރުދުންނަށް އަދި ހިދުމަތުގެ ސަބަބުން އަސަރު ކުރާނެ އެހެން ފަރާތްތަކުގެ ޞިއްޙަތާއި ސަލާމަތްތެރިކަމަށް ގެއްލުންނުވާނެ ގޮތަށް ލައިސަންސް ދޫކުރެވޭ ފަރާތަށް އޮޕަރޭޓްކުރުމުގެ ގާބިލްކަން ހުރި މިންވަރަށް؛ |
| | | 7 | ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވޭ ފަރާތުން ހުއްދަ ކުރެވިފައިވާ ހިދުމަތް ދިނުމުގެ މާލީ އަދި ފަންނީ ޤާބިލިއްތުކަން ހުރި މިންވަރަށް؛ |
| | | 8 | ޚިދުމަތުން އަގު ނެގުމުގައި އަގުތައް ހަމަޖައްސަން ބޭނުންވާ ގޮތުގެ ތަފްޞީލަށް؛ |
| | | 0 | އަދި މީގެ އިތުރުން، ޚިދުމަތުގެ ސަބަބުން އަސަރުކުރާނެ ކަމަށް އޮތޯރިޓީއަށް ފެންނަ އެހެނިހެން ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ. |
ލައިސަންސް ދޫކުރުން | 18 | (ހ) | | މިއޮތޯރިޓިން ދޫކުރާ ކޮންމެ ލައިސަންސަކާއެކު މިގަވާއިދުގެ ޖަދުވަލު 9 އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސެޓްފިކެޓެއް ދޫކުރާނެއެވެ. |
| | (ށ) | | މިލައިސަންސް ސެޓްފިކެޓުގައި މިއޮތޯރިޓީގެ ޕަވަރަސިސްޓަމްސް ރަޖިސްޓްރާރ ގެ ސޮއި އަދި އޮފީހުގެ ތައްގަޑު ސްޓޭމްޕް ކުރެވިފައިވާ ހުންނަންޖެހޭނެއެވެ. |
| | (ރ) | | މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކުރެވިފައިވާ ލައިސަންސް ނުވަތަ ހުއްދަ، އެފަރާތަކުން ކަރަންޓް އުފައްދާ، ޓްރާންސްމިޓްކޮށް، ޑިސްޓްރިބިއުޓްކޮށް އަދި ސަޕްލައިކޮށް ކުރާ ކޮންމެ ތަނެއްގައި އާންމުކޮށް ފެންނަގޮތަށް ބަހައްޓަންވާނެއެވެ. |
ލައިސަންސު ނުވަތަ ހުއްދައިގެ މުއްދަތު | 19 | | | މިގަވާއިދު ދަށުން ދޫކުރެވޭ ލައިސަންސު ނުވަތަ ހުއްދައިގެ މުއްދަތަކީ މިއޮތޯރިޓީން ލައިސަންސު ނުވަތަ ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން މީލާދީ 5 އަހަރު ދުވަހެވެ. |
| | | | 3 ވަނަ ބާބު – ލައިސަންސަށް ބަދަލުގެނައުން ނުވަތަ މުއްދަތު އިތުރުކުރުން ނުވަތަ އާކުރުން |
ލައިސަންސުގެ މުއްދަތު އިތުރުކުރުން | 20 | (ހ) | | މިގަވާއިދުގެ 19 ވަނަ މާއްދާގައި ލައިސަންސުގެ މުއްދަތަކީ 5 އަހަރު ކަމުގައި ކަނޑައަޅާފައިވީނަމަވެސް، 5 އަހަރުދުވަސް ހަމަވާން 30 ދުވަހަށް ވުމުން، ލައިސަންސް ދޫކުރެވޭ ފަރާތުން އެދެފިނަމަ، އެފަރާތުން އާ ކުރަން ހުށަހަޅާ އެޕްލިކޭޝަނަށް ރިޢާޔަށްކޮށް އަދި އެފަރާތުން ލައިސަންސުގެ ޝަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުންގެންދާނަމަ މި އޮތޯރިޓީން އެފަރާތަށް ލައިސަންސް އިތުރު ކޮށްދޭންވާނެއެވެ. |
| | (ށ) | | މިގަވާއިދުގެ 19 ވަނަ މާއްދާގައި ލައިސަންސުގެ މުއްދަތަކީ 5 އަހަރު ކަމުގައި ކަނޑައަޅާފައިވީނަމަވެސް، ސަރުކާރުން ވަކި ކަމަކަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ، ނުވަތަ ސަރުކާރުން ވަކިކަމަކަށް އަމިއްލަ ފަރާތަކަށް ކުއްޔަށްދީފައިވާ މީހުން ދިރިނޫޅޭ ރަށްރަށުގައި އެ ރަށެއް ޙަވާލުކުރެވިފައިވާ ނުވަތަ އެ ރަށެއް ކުއްޔަށް ދެވިފައިވާ ފަރާތަށް ނުވަތަ އެ ފަރާތުން ކަނޑައަޅާ އެހެން ފަރާތަކަށް އެރަށެއްގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ހުއްދަ އެރަށެއް އެފަރާތަކަށް ދީފައިވާ މުއްދަތުގެ ތެރޭގައި ކޮންމެ 5 އަހަރަކުން އާކޮށްދޭންވާނެއެވެ. |
މިލްކުވެރިކަން ބަދަލުކުރުން | 21 | | | މިގަވާއިދުގެ ދަށުން ލިބިދޭ ލައިސަންސަކީ މިއޮތޯރިޓީގެ ހުއްދަނެތި އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ނުވަތަ ދެވޭނެ ލައިސަންސެއް ނޫނެވެ. އަދި އެލައިސަންސަކީ، މުދަލުގެ ގޮތުގައި ވާރުތަ ކުރެވިދާނެ އެއްޗެއްކުމުގައި ބަލައިގެންވެސް ނުވާނެއެވެ. މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސަކީ މިއޮތޯރިޓީގެ ހުއްދަނެތި އެހެން ފަރާތަކަށް ވިއްކޭނެ ނުވަތަ މިލްކުވެރިކަން ބަދަލުކުރެވޭނެ ނުވަތަ ހަވާލުކުރެވޭނެ ލައިސަންސެއްވެސް ނޫނެވެ. |
| | | | 4 ވަނަ ބާބު – ލައިސަންސް ސަސްޕެންޑު ކުރުން ނުވަތަ ބާޠިލް ކުރުން |
ގަވާއިދާއި ޚިލާފުވުން | 22 | (ހ) | | މިގަވާއިދުގެ ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅައިފައިވާ އެއްވެސްކަމެއް، މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތްނޫން އެހެންގޮތަކަށް ނުވަތަ އެގޮތާ ޚިލާފު ގޮތަކަށް ކޮށްފިނަމަ އެކަމެއް އެގޮތަށް ކުރިފަރާތަކުން މިގަވާއިދާ ޚިލާފުވެއްޖެ ކަމުގައި ކަނޑައެޅުމުގެ އިޙްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
| | (ށ) | | މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މިގަވާއިދާ ޚިލާވުމުގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުން އެކަމެއް އޮގޮތަށް ކުރިފަރާތަކުން މިގަވާއިދާ ޚިލާފުވެއްޖެ ކަމުގައި ކަނޑައަޅުގެ އިޙްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
| | | 1 | މިގަވާއިދުގެ ދަށުން ލައިސަންސެއް ލިބިގެން ކުރެވޭ ކަމެއް ސައްޙަ ލައިސަންސެއް ނެތި ކުރުން؛ |
| | | 2 | މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތެއް، އެފަރާތަށް ލިބިފައިވާ ލައިސަންސްގެ ޝަރުޠުކާއި ނުވަތަ ޝަރުޠުތަކަކާއި ޚިލާފުވުން؛ |
| | | 3 | މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތެއް، އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ޤާނޫނުން ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތައް އަމަލުކުރަން ލާޒިމްކުރާ އެއްވެސްކަމަކާ ޚިލާފުވުން؛ |
| | | 4 | މިގަވާއިދުގެ ދަށުން މިއޮތޯރިޓީއަށް ދޭންޖެހޭ މަޢުލޫމާތު ނުދިނުން؛ |
| | | 5 | މިގަވާއިދުގެ ދަށުން މިއޮތޯރިޓީއަށް ދޮގު ނުވަތަ ސައްޙަނޫން މަޢުލޫމާތު ދނުން؛ |
| | | 6 | މިގަވާއިދު ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ އޯޑިޓެއް ނުވަތަ އިންސްޕެކްޝަނެއް ކުރެވޭނެގޮތް ހަމަޖައްސައި ނުދިނުން ނުވަތަ އެކަންކަމަށް އެއްބާރުލުން ނުދިނުން ނުވަތަ އެހީތެރެނުވުން. |
ލައިސަންސް ސަސްޕެންޑް ކުރުން ނުވަތަ ބާޠިލް ކުރުވޭނެ ޙާލަތްތައް | 23 | (ހ) | | ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މި ލައިސަންސް ބާޠިލުކުރުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
| | | 1 | މިއޮތޯރިޓީއިން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތުން އަމަލުކުރަމުންނުދާކަމަށް މިއޮތޯރިޓީއަށް ފެނިއްޖެ ހާލަތެއްގައި، އެކަން އިސްލާޙްކުރުމަށް މިއޮތޯރިޓީން ލިޔުމުން އަންގާ އެންމެފަހު އެންގުމަށް އިޖާބަ ނުދިނުން. |
| | | 2 | ލައިސަންސް ދޫކުރެވުނު ފަރާތުން އުފުލަންޖެހޭކަމަށް މި ލައިސަންސް ޝަރުތުކުރާ، މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުލުމަށް މި ލައިސަންސް ދޫކުރެވުނު ފަރާތުން ނުކުޅެދުން ނުވަތަ ބަނގުރޫޓުވުން. |
| | (ށ) | | ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތުގެ ލައިސަންސް ނުވަތަ ހުއްދަ، ބާތިލް ނުވަތަ ސަސްޕެންޑް ކުރުމަށް އޮތޯރިޓީއަށް ފެންނަ ސަބަބާއި އެކު 15 ދުވަހަށް ވުރެ ކުރުނޫން ނޯޓިސްއެއް ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތަށް ދޭންވާނެއެވެ. އަދި ދޫކުރެވިފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލް ނުކުރެވޭނެ ސަބަބެއް ވާނަމަ ނޯޓިހުގެ މުއްދަތުގައި އެކަން މިއޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ. |
| | (ނ) | | އޮތޯރިޓީގެ ފަރާތުން ލައިސަންސް ނުވަތަ ހުއްދަ އެއްކޮށް ނުވަތަ އޭގެ ވަކިބައެއް ސަސްޕެންޑް ނުވަތަ ބާތިލް ކޮށްފި ހިނދު، އެކަން 3 ދުވަހުގެ ތެރޭގައި އާއްމުކޮށް އިޢުލާންކޮށް އަންގަން ވާނެއެވެ. |
| | (ރ) | | ލައިސަންސް ބާޠިލުކުރަން ޖެހޭފަދަ ޙާލަތެއް މެދުވެރިވާ ހިނދު، ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، އިތުރު ޝަރުތުތަކެއް މި ލައިސަންސް ގައި ހިމަނައި މި ލައިސަންސް ބާޠިލުނުކޮށް ބޭއްވުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
އަމިއްލަ އިޙްތިޔާރުގައި ހުއްޓާލަން ބޭނުންވުން | 24 | | | މިގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަނުވަނީސް ކަރަންޓު އުފައްދާ ފޯރުކޮށްދިނުން، އަމިއްލަ އިޙްތިޔާރުގައި ހުއްޓާލާން ބޭނުންވުން. މިގޮތަށް ހުއްޓާލާއިރު ޚިދުމަތް ހުއްޓާލުމުގެ 6 މަސްދުވަސް ކުރިން އެކަން، ސަބަބު ބަޔާންކޮށް، ލިޔުމުން މިއޮތޯރިޓީއަށް އަންގަންވާނެއެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް ލިޔުމުން އެކަން އެމުއްދަތުގެ ތެރޭގައި އަންގަންވާނެއެވެ. |
އިޙްތިޔާރުން ބޭރު ޙާލަތެއް ދިމާވުން | 25 | (ހ) | | ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަރަންޓު އުފައްދާ ފޯރުކޮށްދެމުން ދަނިކޮށް، ލައިސަންސް ދޫކުރެވޭ ފަރާތުގެ އިޙްތިޔާރުން ބޭރުން ދިމާވާ ކަމެއްގެ ސަބަބުން، އެފަރާތުން ދެމުންދާ ޚިދުމަތް ކުރިއަށް ނުގެންދެވޭ ކަހަލަ ޙާލަތެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރުމަށް ހަމަޖައްސައިދެވެން އޮތް އެންމެ ލުއިގޮތަކަށް، އެކަން ހަމަޖައްސައިދިނުމުގެ އިޙްތިޔާރު، މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
| | (ށ) | | މިމާއްދާގެ (ހ)ގައި "ލުއިދިނުން" ކަމަށް ބުނެފައިވަނީ، ވަކި މުއްދަތަކަށް ކުރަންޖެހޭ ކަންކަން އެމުއްދަތަށް ނުކުރެވުނު ނަމަވެސް ފިޔަވަޅު ނޭޅުމާއި، މުއްދަތު އިތުރުކޮށްދިނުމަށެވެ. |
ޒިންމާ އުފުލުން | 26 | | | ވަގުތީގޮތުން ޚިދުމަތް މެދުކަނޑާލުމުގެ ސަބަބުން، ނުވަތަ ހީނުކުރާ ފަދަ ޙާލަތެއް ދިމާވުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން ޚިދުމަތް ހުއްޓުވުމުގެ ސަބަބުން، ނުވަތަ ލައިސަންސް ބާޠިލްކުރުމުގެ ސަބަބުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ގެއްލުމަކަށް ނުވަތަ ދައްޗަކަށް ޒިންމާ އުފުލާނީ، ލައިސަންސް ދޫކުރެވޭ ފަރާތެވެ. ހަމައެހެންމެ، އެހެންފަރާތަކާއެކު، ލައިސަންސް ދޫކުރެވޭ ފަރާތުން ވެފައިވާ އެއްބަސްމެއްގެ ދަށުން އުފުލަންޖެހޭ ޒިންމާވެސް އުފުލާނީ ހަމަ އެފަރާތުންނެވެ. |
މިއޮތޯރިޓީގެ ނިންމުމަކާމެދު ހިތްހަމަ ނުޖެހިގެން ކޯޓަށް ހުށަހެޅުން. | 27 | (ހ) | | މިގަވާއިދުގެ ދަށުން މިއޮތޯރިޓީން ލައިސަންސް ދޭގޮތާމެދު، ނުވަތަ ލައިސަންސް ނުދިނުމަށް މިއޮތޯރިޓީން ނިންމާ ނިންމުމަކާމެދު، ނުވަތަ ދީފައިވާ ލައިސަންސެއް ހިފެހެއްޓުމަށް ނުވަތަ އަނބުރާ އަތުލުމަށް ނުވަތަ ބާޠިލް ކުރުމަށް ނިންމާ ނިންމުމަކާމެދު، ނުވަތަ މިގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅަކާމެދު، ނުވަތަ ކުރާ ޖޫރިމާނާއަކާ މެދު ހިތްހަމަނުޖެހޭ ޙާލަތްތަކުގައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނުވަތަ ގޮތްތަކަކަށް ޢަމަލުކުރެވިދާނެއެވެ. |
| | | 1 | މިއޮތޯރިޓީގެ ނިންމުމާމެދު އަލުން ވިސްނާ، އިދާރީގޮތުން މައްސަލައާމެދު ގޮތެއް ނިންމައިދިނުމަށް މިއޮތޯރިޓީއަށް ހުށަހެޅުން. މިމާއްދާގެ ދަށުން މައްސަލައާމެދު އަލުން ވިސްނާ، އިދާރީގޮތުން ގޮތެއް ނިންމައިދިނުމަށް ހުށަހަޅާނަމަ، އެކަމާމެދު މިއޮތޯރިޓީން ނިންމި ނިންމުމުގެ ނޯޓިސް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެމައްސަލައެއް ލިޔުމުން މިއޮތޯރިޓީއަށް ހުށަހަޅުއްވަންވާނެއެވެ؛ |
| | | 2 | މައްސަލަ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ހުށަހެޅުން. މިމާއްދާގެ ދަށުން މައްސަލަ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ހުށަހަޅާނަމަ، މިއޮތޯރިޓީން އެކަމާބެހޭގޮތުން ނިންމާ ނިންމުމުގެ ނިންމުމުގެ ނޯޓިސް ލިބެތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެމައްސަލައެއް ކަމާބެހޭ ކޯޓަށް، ހުށަހަޅަންވާނެއެވެ. |
| | | | 5 ވަނަ ބާބު –ޚިދުމަތްދޭ ފަރާތުން ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުން |
އެންފޯސްމަންޓް އޮފިސަރުން އައްޔަނުކުރުން | 28 | (ހ) | | މިގަވާއިދުގެ ދާއިރާގެ ތެރޭގައި ހިންގާ ކަންކަން ހިނގަނީ މިގަވާއިދާ އެއްގޮތަށްކަން ޔަޤީން ކުރުމަށްޓަކައި އަދި ކަންކަން ހިނގާގޮތް މޮނިޓަރ ކުރުމަށްޓަކައި ރެގިއުލޭޓަރީ އެންފޯސްމަންމަންޓް އޮފިސަރުންގެ ގޮތުގައި، އާންމުކޮށް އިޢުލާނުކުރުމަށްފަހު، އަންނަނިވި ފަރާތްތައް ހަމަޖެއްސުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
| | | 1 | މިއޮތޯރިޓީގެ ކޮންމެ މުވައްޒަފެއް ނުވަތަ ސިވިލް ސަރވިސަސްގެ ކޮންމެ މުވައްޒަފެއް؛ |
| | | 2 | ކޮންޓްރެކްޓް އުސޫލުން މިމަސައްކަތް ކުރުމަށް މިއޮތޯރިޓީން އައްޔަނުކުރާ އިންޖިނިއަރިންގ ކޮންސަލްޓެންސީގެ ޚިދުމަތްދޭ ފަރާތެއް، ފައިނޭންޝިއަލް އޮޑިޓްގެ ކޮންސަލްޓެންސީ ޚިދުމަތްދޭ ފަރާތެއް، ނުވަތަ ދާއިރާއާއި ގުޅުންހުރި ޚިދުމަތްދޭ ފަރާތެއް. |
| | (ށ) | | އެންފޯސްމަންޓް އޮފިސަރެއްގެ ބާރާއި، އަދާކުރަންޖެހޭ ވާޖިބާއި މަސްއޫލިއްޔަތުގެ ދާއިރާ ވަކި ކަމަކަށް ނުވަތަ ވަކި ކަންތައްތަކަކަށް އަދި އެކަންކަން އަދާކުރަން ޖެހެނީ ވަކި މުއްދަތަކަށް ކަމުގައި ހަމަޖެއްސުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
| | (ރ) | | މިގަވާއިދުގެ ދަށުން އަންޔަނުކޮށްފައިވާ އެންފޯސްމަންޓް އޮފިސަރެއްގެ ކިބައިން، އޭނާގެ ހައިސިއްޔަތު އޮޅުން ފިލުވުމަށް ސުވާލު ކުރެވިއްޖެނަމަ، އޭނާއަކީ މިއޮތޯރިޓީގެ އޮފިސަރެއްކަން ނުވަތަ މިއޮތޯރިޓީން ކަނޑައަޅާފައިވާ އޮފިސަރެއްކަން އަންގައިދޭނެ ހެކި ދައްކަންޖެހޭނެއެވެ. |
| | (ބ) | | މިވާއިދުގެ ދަށުން ކަނޑައަޅާފައިވާ އެންފޯސްމަންޓް އޮފިސަރަކަށް މިއޮތޯރިޓީން ދޫކޮށްފައިވާ އެނާއަކީ މިއޮތޯރިޓީގެ އޮފިސަރެއްކަން ނުވަތަ މިއޮތޯރިޓީން ކަނޑައަޅާފައިވާ އޮފިސަރެއްކަން އަންގައިދޭ ކޮންމެ ލިއުމަކީ މިގަވާއިދުގެ ދަށުން އެނާ އަދާކުރަންޖެހޭ ކޮންމެ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރުމުގެ ބާރާއި އިޚްތިޔާރު އެނާއަށް ލިބިގެންވާކަން ސާބިތުކޮށްދިނުމަށް ފުދޭނެ ހެކި ކަމުގައިވާނެއެވެ. |
އެންފޯސްމަންޓް އޮފިސަރުންނަށް ލިބިގެންވާ ބާރުތައް | 29 | (ހ) | | މިގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގޮތުން، އަންނަނިވި ހާލަތްތަކުގައި، ހަމައެކަނި މީހުން ދިރިއުޅުމަށް ޙާއްޞަ ކުރެވިފައިވާ ގޮވަތި ގެދޮރު ފިޔަވައި، މިގަވާއިދުގެ ދާއިރާއަށް ފެތޭ ކަންކަން ހިންގާ ކަމަށް ބެލެވޭ ބިންބިމާއި، ތަންތަނާއި، އުޅަންދުފަހަރާއި، އެތަންތަނުގައިވާ ލޮގު ފޮތްތަކާއި، ލިއުމާއި، އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަދި ލިޔެކިއުންތަކުގެ ކޮޕީ ނެގުން ފަދަ ކަންކަން ކުރުމުގެ އިޙްތިޔާރާއި ބާރު އެންފޯސްމަންޓް އޮފިސަރައް ލިބިގެންވެއެވެ. |
| | | 1 | މިގަވާއިދުގައި ކުށެއް ކުރިކަމުގެ ހެކި އެތަނަކުން ފެނިދާނެކަމަށް ޤަބޫލުރެވުން؛ |
| | | 2 | އެތަނެއްގައި ހިނގާ ކަންކަން ހިންގަނީ މިގަވާއިދާ އެއްގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި، އެތަނަކަށް ވަންނަންޖެހުން ނުވަތަ ވަނުމަށް ބޭނުންވުން. |
| | (ށ) | | މިގަވާއިދުގެ ދާއިރާގައި ހިމެނޭ ކަމަކާއި ނުވަތަ ހަރަކާތަކާއި ގުޅުންހުރި ފަރާތްތަކަށް ނުވަތަ ގުޅުންހުރި ކަމަށް ބެލެވޭ ފަރާތްތަކަށް، މިގަވާއިދު ހިންގުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ދިނުމަށް އެންގުން. |
| | (ރ) | | މިގަވާއިދު ފިޔަވައި އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން އެންފޯސްމަންޓް އޮފިސަރަށް އިތުރު އިޚްރިޔާރެއް ނުވަތަ ބާރެއް ލިބިދޭނަމަ، އެ ޤާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ލިބޭ އިޚްތިޔާރެއް ނުވަތަ ބާރެއްގެ ބޭނުންކުރުން. |
| | | | 6 ވަނަ ބާބު – ލައިސަންސުގެ ޢާންމު ޝަރުތުތައް |
| | | | |
ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ފީނެގުން | 30 | | | ލައިސަންސް ދޫކުރެވޭ ފަރާތުން ދޭ ޚިދުމަތަށް، ޚިދުމަތް ލިބިގަންނަ ފަރާތެއްގެ އަތުން ޚިދުމަތާއި ގުޅޭގޮތުން، އަގުނެގޭނީ، މިއޮތޯރިޓީއިން ކަނޑައަޅާ އަގަށްވުރެ، ބޮޑުނޫން އަދަދެކެވެ. |
އަމަލުކުރަންޖެހޭ ޓެކްނިކަލް ގަވާއިދުތަކާއި މިންގަނޑުތައް | 31 | (ހ) | | މިގަވާއިދުގައި ވަކިގޮތަށް ބުނެފައިވާ ނުވާހާހިނދަކު ލައިސަންސު ދޫކުރެވޭ ފަރާތުން މިއޮތޯރިޓީގެ ތިރީގައި ދެންނިފައިވާ ގަވާއިދުތަކާއި މިންގނޑުތަކާއި ޢާންމު އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ. |
| | | 1 | ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތަކުން އަމަލު ކުރަންޖެހޭ ސާރވިސް ޕްރޮވައިޑަރސް ކޯޑް ތަކަށް؛ |
| | | 2 | އިލްކްޓްރިކަލް އިންސްޓޮލޭޝަންސް ސްޓޭންޑަރޑަސް ތަކަށް؛ |
| | | 3 | މީޓަރިންގ ކޯޑު ތަކަށް؛ |
| | | 4 | އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ވަޞީލަތްތައް ޚިދުމަތްދޭ ފަރާތުގެ ޑިސްޓްރިބިއުޝަން ވިއުގައަށް ގުޅުވުއި ކަރަންޓު ވިއްކުމާއި ބެހޭ ގަވާއިދުތަކާއި މިންގަނޑުތަކަށް؛ |
| | | 5 | ލައިސްންސް ދޫކުރެވޭ ފަރާތުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ އިތުރުވަމުންދާ ޑިމާންޑުގެ ސަބަބުން ކަރަންޓު އުފައްދާ ފޮރުކޮށްދޭ ނިޒާމަށް ގެންނަޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އިންސްވެސްޓްމަންޓުތައް ބަލައި ފާސްކުރުމާއި ބެހޭގޮތުން މިއޮތޯރިޓީން ހަދައި ހިންގާ ގަވާއިދުތަކަށް؛ |
| | | 6 | މީގެ އިތުރުންވެސް މިއޮތޯރިޓީން ނުވަތަ ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން މުއައްސައާއަކުން ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަލާމާތާއި ރައްކާތެރިކަމަށް ހަދައި ހިންގާ ގަވާދުތަކާއި މިންގަނޑުތަކަށް؛ |
ޚިދުމަތް ދެމެހެއްޓުން | 32 | | | ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެފަރާތްތަކުގެ ޑިމާންޑާ އެއްވަރަށް ލައިސަންސް ދޫކުރެވުނު ފަރާތުން ކަރަންޓު ފޯރުކޮށްދޭންވާނެއެވެ. އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށް ގަވާއިދުން ހުއްދަކޮށްފައިވާ ހާލަތްތައް ފިއަވައި އެހެން ހާލަތްތަކުގައި ޚިދުމަތް މެދުކެނޑުނަ ނުދީ މި ލައިސަންސް ދޫކުރެވުނު ފަރާތުން ޚިދުމަތް ފޯރުކޮށްދެމުން ގެންދަންވާނެއެވެ. |
ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުން | 33 | | | ލައިސަންސް ދޫކުރެވޭ ފަރާތުން، މިއޮތޯރިޓީއަށް ޖަވާބުދާރީވާނެ ނުވަތަ މިއޮތޯރިޓީގެ އެންގުންތައް ބަލައިގަންނާނެ، ކަމުގެބާރު ލިބިގެންވާ މުވައްޒަފަކު ބަހައްޓައި، އެކަން މިއޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ. |
މައުލޫމާތު ފޯރުކޮށްދިނުން | | | | ލައިސަންސްގެ ޝަރުތުތަކާ އެއްގޮތަށް ލައިސަންސް ދޫކުރެވުނު ފަރާތުން ޢަމަލުކުރަމުންދޭތޯ ބެލުމަށް ބޭނުންވާ މަޢުލޫމާތާއި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ތަރައްޤީ އާއި ކުރިމަގު ރޭވުމަށް ބޭނުންވާ މަޢުލޫމާތު، މިއޮތޯރިޓީން ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކޮށް މިއޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން ލައިސަންސް ދޫކުރެވުނު ފަރާތުން މިއޮތޯރިޓީއަށް ހުށަހަޅަމުން ގެންދަންވާނެއެވެ. |
ޝަކުވާ ބަލައިގަތުމާއި ޖަވާބުދާރީވުން | 34 | (ހ) | | ލައިސަންސް ދޫކުރެވޭ ފާރާތެއްގެ ޚިދުމަތް ލިބިގަންނަ ފަރާތަކުން، އެފަރާތާމެދު ޝަކުވާއާއި މައްސަލަ ހުށަހަޅައި، އެކަންކަން ބަލައި ރަނގަޅުކުރެވޭނެ ނިޒާމެއް ލައިސަންސް ދޫކުރެވޭ ފަރާތުގެ ޚިދުމަތްދޭ މަރުކަޒުގައި ޤާއިމްކޮށް، އެކަން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެނގޭނޭ ގޮތަށް ލައިސަންސް ދޫކުރެވޭ ފަރާތުން އިންތިޒާމް ކުރަންވާނެއެވެ. |
| | (ށ) | | ލައިސަނސް ދޫކުރެވޭ ފަރާތެއްގެ ޚިދުމަތް ލިބިގަންނަ ފަރާތަކުން މިއޮތޯރިޓީއަށް ޝަކުވާއާއި މައްސަލަ ހުށަހަޅައި، އެކަންކަން ބަލައިހެދޭނެ ގޮތް މިއޮތޯރިޓީން ހަމަޖައްސައި ދޭނެއެވެ. |
ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް | 35 | | | އަމިއްލަ ބޭނުމަށް ނުވަތަ ބެކްއަޕް ޖަނަރޭޓަރެއްގެ ގޮތުގައި ހިންގުމަށް ހުއްދަ ދޫކުރެވޭ ފަރާތަކުން މިއޮތޯރިޓީގެ ލައިސަންސް އިންޖިނިއަރެއް މެދުވެރިކޮށް ތައްޔާރުކޮށްފައިވާ އެނުއަލް ކޮމްޕްލައިންސް ރިޕޯޓް ހުށަހަޅަން ވާނެއެވެ. |
| | | | 7 ވަނަ ބައި – އެހެނިހެން |
| | | | |
އިސްލާޙްގެނައުން | 36 | (ހ) | | ރާއްޖޭގެ ޤާނޫނަކަށް ނުވަތަ ގަވާއިދަކަށް، އަންނަ ބަދަލަކާ ގުޅިގެން ނުވަތަ ސަރުކާރުގެ ސިޔާސަތަކަށް އަންނަ ބަދަލަކާ ގުޅިގެން މިގަވާއިދުގައި ހިމެނިގެންވާ މާއްދާތަކާއި ޖަދުވަލުތަކަށް އިޞްލާޙު ގެނައުމުގެ ބާރު، ނުވަތަ ބަދަލުގެނައުމުގެ ބާރު، ނުވަތަ މިއެއްބަސްވުމުގެ މާއްދާއެއް ބާތިލްކުރުމުގެ ބާރު ނުވަތަ އައު މާއްދާއެއް އިތުރުކުރުމުގެ ބާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. |
| | (ށ) | | މި މާއްދާގެ (ހ) ގެ ދަށުން، މިއޮތޯރިޓީން ގެންނަ އިސްލާޙްތަކުގެ މަޢުލޫމާތު، މިއޮތޯރިޓީން އަންގާ އެންގުމެއް، އެއެންގުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރާ ދުވަހުން ފެށިގެން، މި ގަވާއިދުގެ ބައެއްގެގޮތުގައި ހިމެނިގެންދާނެއެވެ. |
މާއްދާއެއް ބާޠިލްވުން | 37 | | | މިގަވާއިދުގެ އެއްވެސް މާއްދާއަކީ، ދިވެހިރާއްޖޭގެ ޤާނޫނަކާ ޚިލާފު، ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނެއްގެ ދަށުން ޞައްޙަ ނޫން، ނުވަތަ ތަންފީޛު ކުރެވެން ނެތް މާއްދާއެއް ކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، މިގަވާއިދުގެ އެހެން އެއްވެސް މާއްދާއެއްގެ ޞައްޙަ ކަމަށް، އެކަމަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި މިގަވާއިދުގެ ދެންހުރި އެހެން މާއްދާތަކަކީ، ރާއްޖޭގެ ޤާނޫނުތަކަށް ތަބާވާ، އެއިން ޤާނޫނަކާ ޚިލާފުނުވާ، ރާއްޖޭގެ ޤާނޫތަކުގެ ދަށުން ޞައްޙަ އަދި ތަންފީޛު ކުރެވޭނެ މާއްދާތަކެއް ކަމުގައި ބެލެވޭނެއެވެ. |
އޮތޯރިޓީގެ އިމްތިޔާޒު | 38 | | | މިއޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އެނާ ތަމްސީލުކުރާ ފަރާތުން ރަނގަޅު ނިޔަތުގައި މިގަވާއިދު ހިނގުމުގެ ގޮތުން ކުރާ ކަމަކުން ނުވަތަ ކުރި ނުވަތަ ނުކޮށްދޫކޮށްލާ ކަމަކާމެދު ނުވަތަ އެނާގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރި ނުވަތަ ނުކޮދޫކޮށްލަން ޖެހުނު ކަމަކާ މެދު އަމިއްލަ ހައިސިއްޔަތުން އެނާ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. |
ޖަދަވަލުތައް | 39 | (ހ) | | މިގަވާއިދު ގައި ހިމަނާފައިވާ ކޮންމެ ޖަދުވަލަކީވެސް، މިގަވާއިދުގެ މުހިއްމު ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ އެހުރިހާ ޖަދުވަލުތަކާ އެކުގައެވެ. އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ، މިގަވާއިދަށް ދެވޭ ޙަވާލާގައި، ޖަދުވަލުތައް، އަދި ޖަދުވަލުތަކަށް ދެވޭ ޙަވާލާގައި ގަވާއިދު، ޝާމިލުވާނެއެވެ. |
| | (ށ) | | މިގަވާއިދު ހިމެނިގެންވަނީ އަންނަނިވި 7 ޖަދުވަލެވެ. |
| | | 1 | ޖަދުވަލު 1 - އެޕްލިކޭޝަނާއި ބެހޭ އާންމު މަޢުލޫމާތު |
| | | 2 | ޖަދުވަލު 2 - އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިއުންތައް |
| | | 3 | ޖަދުވަލު 3 - ސަރވިސް ޕްރޮވައިޑަރ ލައިސަންސަށް އެދޭފަރާތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު |
| | | 4 | ޖަދުވަލު 4 - އިންޑިޕެންޑެންޓް ޕަވަރ ޕްރޮވައިޑަރ ލައިސަންސަށް އެދޭފަރާތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު |
| | | 5 | ޖަދުވަލު 5 - ޓްރާންސްމިޝަން ލައިސަންސަށް އެދޭފަރަތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު |
| | | 6 | ޖަދުވަލު 6 - އަމިއްލަ ބޭނުމަށް ނުވަތަ ބެކްއަޕްގެ ގޮތުގައި ހިންގުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތު |
| | | 7 | ޖަދުވަލު 7 - ލައިސަންސް ފީ |
| | | 8 | ޖަދުވަލު 8 - އިޤްރާރު |
| | | 9 | ޖަދުވަލު 9 – ލައިސަންސް ސެޓްފިކެޓުގެ ނަމޫނާ |
މާނަކުރުން | 40 | (ހ) | މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު: |
| | | | "ޤާނޫނު" ގެ ކަމަށް ބުނެފައި އެވަނީ، އާއްމު ބޭނުންތަކުގެ ހިދުމަތާއި ބެހޭ ޤާނޫނު 4/96 "އެޕްލިކޭޝަން" ގެ ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކުގެ ޚިދުމަތާއި ބެހޭ ޤާނޫނު 4/96 ގެ ދަށުން ލައިސަންސަކަށް ނުވަތަ ހުއްދައަކަށް އެދި ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ޓްރާންސްފަރ ކުރުމަށް ނުވަތަ އައު ކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހެޅޭ އެޕްލިކޭޝަނެކެވެ. އަދި ލައިސަންސް ނުވަތަ ހުއްދައެއްގެ އެޕްލިކޭޝަން އަށް ރިއާޔަތް ކުރެވޭ ހިނދު ބެލޭނީ މިމާނައިގައެވެ. "މިއޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއެވެ. "ކަރަންޓް ޑިސްޓްރިބިޔުޓްކޮށް އަދި/ނުވަތަ ސަޕްލައިކުރުމާ ބެހޭ ލައިސަންސް ނުވަތަ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ނުވަތަ އަމިއްލަ އޮތޯރިޓީއަކަށް/ ޔޫޓިލިޓީސް ކުންފުންޏަކަށް ނުވަތަ ކުންފުންޏަކަށް ނުވަތަ އަމިއްލަ ފަރުދަކަށް ނުވަތަ ފަރުދުންތަކަކަށް، މިގަވާއިދުގައި މާނަކުރެވިފައިވާގޮތުން އާއްމު ކަރަންޓް ސަޕްލައި ކޮށްދޭ ފަރާތަކަށް، ކަނޑައެޅިފައިވާ ސަރަހައްދަކަށް ކަރަންޓް އުފައްދާ، ޑިސްޓްރިބިޔުޓްކޮށް އަދި/ނުވަތަ ކަރަންޓް ސަޕްލައިކޮށްދިނުމަށްދެވޭ ލައިސަންސް ނުވަތަ ހުއްދައެކެވެ. އަދި މިލައިސަންސް ނުވަތަ ހުއްދައިގެ ދަށުން އާއްމު ކަރަންޓް ފޯރުކޮށްދޭ ފަރާތަކަށް އެހެނިހެން ކަރަންޓް އުފައްދާ ފަރާތަކުން ނުވަތަ އެހެނިހެން އާއްމު ކަރަންޓް އުފައްދާ ފަރާތަކުން ގަނޑުކޮށް ކަރަންޓް ލިބިގަނެވޭނެއެވެ. "ކަރަންޓް ޓްރާންސްމިޝަން ލައިސަންސް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރުދަކަށް ނުވަތަ ފަރުދުންތަކަކަށް ހައި ވޯލްޓޭޖެއްގެ ކަރަންޓް ސަޕްލައި ލައިންތައް ހިމެނޭ އިންސްޓަލޭޝަންސްތައް އޮޕަރޭޓްކޮށް، މެނޭޖްކޮށް ނުވަތަ ކޮންޓްރޯލްކޮށް އެއްސަރަހައްދުން އަނެއް ސަރަހައްދަކަށް، ކަރަންޓް އުފައްދާ ފަރާތްތަކުން އާއްމުންނަށް ކަރަންޓް ސަޕްލައި ކުރައްވާ ފަރާތްތަކަށް އަދި ގިނަ އަދަދަކަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ކަރަންޓް ފޮނުވުމަށް ދޫކުރެވޭ ލައިސަންސެކެވެ. "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ކަރަންޓް އިމްޕޯޓްކުރުމަށް، އެކްސްޕޯޓްކުރުމަށް، އުފެއްދުމަށް، ޓްރާންސްމިޓްކުރުމަށް، ޑިސްޓްރިބިއުޓް ކުރުމަށް އަދި/ނުވަތަ ހަކަތަ ސަޕްލައި ކުރުމަށް އެފަދަ އާލާތެއް ނުވަތަ ލިޔުމެއްގައި ބަޔާން ކުރެވިފައިވާ ފަދައިން ހުއްދަކުރާ ލިޔުމެއް ނުވަތަ އާލާތަކެވެ. "ލައިސަންސް ދެވޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކަރަންޓް އިމްޕޯޓްކުރުމަށް، އެކްސްޕޯޓްކުރުމަށް، އުފެއްދުމަށް، ޓްރާންސްމިޓްކުރުމަށް، ޑިސްޓްރިބިޔުޓް ކުރުމަށް އަދި/ނުވަތަ ހަކަތަ ސަޕްލައި ކުރުމަށް ލައިސަންސްއަކުން ހުއްދަދެވިފައިވާ ފަރާތެކެވެ. "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ އެވެ. "ހުއްދަ" ކަމަށް ބުނެފައި އެވަނީ، ×× ކިލޯވޮޓުގެ ކެޕޭސިޓީ އަކަށްވުރެ މަތި ނުވާ ގޮތަށް ކަރަންޓް އުފެއްދުމަށް ނުވަތަ ޑިސްޓްރިބިޔުޓް ކުރުމަށް ވަކި ފަރާތަކަށް ދެވިފައިވާ ހުއްދައެކެވެ. |
| | | | ޖަދުވަލު 1 އެޕްލިކޭޝަނާއި ބެހޭ އާންމު މަޢުލޫމާތު |
ހުށަހަޅާ ފަރާތުގެ މަޢުލޫމާތު | 1 | (ހ) | | އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން، ދާއިމީ އެޑްރެސް، ވަގުތީ އެޑްރެސް، ފޯނުނަންބަރު އަދި އީމެއިލް އެޑްރެސް |
| | (ށ) | | އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ބާރުވެރި ހުރިހާ ފަރާތްތަކެއްގެ ނަމާއި، މަޤާމް، އެޑްރެސް، ފޯނު ނަންބަރު، އީމެއިލް އެޑްރެސް (މިސާލު: ކުންފުނީ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން، ކުންފުނީ މެނޭޖުމަންޓުގެ އިސްފަރާތްތައް، ރަށުކައުންސިލް ނަމަ ކައުންސިލަރުން، އަދި ކައުސިލްގެ ޒިންމާދާރު ވެރިން އަދި ކަރަންޓު ޚިދުމަތް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ޑިޕާޓްމަންޓުތަކުގެ އިސްވެރިން އެފަރާތްތަކާއި ހަވާލުވެފައިވާ މަސްޢޫލިއްޔަތާއި ވާޖިބު އެނގޭގޮތަށް) |
އެޕްލިކޭޝަނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ގުޅަންޖެހޭ ފަރާތް | 2 | | | އެޕްލިކޭޝަނާ ގުޅޭގޮތުން މަޢުލޫމާތު ދޭވޭނެ ފަރާތެއްގެ ނަމާއި ދާއިމީ އެޑްރެސް، ވަގުތީ އެޑްރެސް، މަޤާމު، އޮފީސް ފޯނު ނަންބަރު، އޮފީސް ފެކްސް ނަންބަރު، މޯބައިލް ފޯނު ނަންބަރު އަދި އީމެއިން އެޑްރެސް |
އެޕްލިކޭޝަންގެ ބާވަތް | 3 | (ހ) | | ލައިސަންސް ނުވަތަ ހުއްދައަށްދާ ބޭނުންވާ ކަންތައްތައް ބަޔާންކުރުމަށް:- |
| | | 1 | އިލެކްޓްރިސިޓީ ސަރވިސް ޕޮރޮވައިޑަރ ލައިސަންސް ހޯދުމަށް އެދި |
| | | 2 | އިންޑިޕެންޑެންޓް ޕަވަރަ ޕޮރޮޑިއުސަރ ލައިސަންސް ހޯދުމަށް އެދި |
| | | 3 | ޓްރަންސްމިންޝަން ލައިސަންސް ހޯދުމަށް އެދި |
| | | 4 | ބެކްއަޕް ޖަނަރޭޓަރެއްގެ ގޮތުގައި، ނުވަތަ އަމިއްލަ ބޭނުމަށް ކަރަންޓު އުފައްދާ ބޭނުންކުރުމަށް ޖަނަރޭޓަރ ހިންގުމުގެ ހުއްދަ ހޯދުމަށް އެދި |
| | | 5 | މިމާއްދާގެ 1 - 5 އަށް ނަގަންޖެހޭ ލައިސަންސް ނުވަތަ ހުއްދަ، އާއު ކުރުމަށް، އެހެން ފަރާތެއްގެ ނަމަށް ބަދަލު ގެނައުމުގެ ހުއްދަ ހޯދުމަށް އެދި. |
އަމަލުކުރަންފަށާ ތާރީޚް | 4 | | | ލައިސަންސް، ހުއްދައަށް އަމަލްކުރަން ފެށުމަށް އެދޭ ތާރީޚް |
ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މަޢުލޫމާތު | 5 | (ހ) | | މިގަވާއިދުގެ ދަށުން ނުވަތަ އެހެން ޤަވާއިދެއްގެ ދަށުން، ކަރަންޓް އުފެއްދުމަށް ނުވަތަ ޑިސްޓްރިބިޔުޓް ކުރުމަށް ލައިސަންސަށް އެދި މީގެ ކުރިން ހުށަހެޅިފައިވާނަމަ އެ އެޕްލިކޭޝަންގެ ތަފްޞީލް |
| | (ށ) | | މިއޮތޯރިޓީން ކުރިން ދޫކޮށްފައިވާ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ދަށުން ކުރެވިފައިވާ ހުރިހާ މަސައްކަތެއްގެ ތަފްޞީލް |
| | (ނ) | | މިއޮތޯރިޓީން ކުރިން ދޫކޮށްފައިވާ ލައިސަންސެއް ނުވަތަ ހުއްދައެއް ބާޠިލްކޮށްފައިވާނަމަ ބާތިލް ކުރެވުނު ކަމާއި ބާޠިލްކުރެވުނު ސަބަބު |
| | (ރ) | | އަމިއްލަ ބޭނުމަށް ނުވަތަ ބެކްއަޕެއްގެ ގޮތުގައި ޖަނަރޭޓަރު ހިންގުމަށް ހުއްދައެއް ދެވިފައިވާނަމަ އެހުއްދައިގެ ތަފްޞީލް |
އެޕްލިކޭޝަނާ ގުޅޭގޮތުން ހޯދަންޖެހޭ ހުއްދަތައް | | | | އެޕްލިކޭޝަނާ ގުޅިގެން ލިބިފައިވާ ނުވަތަ ހޯދަން އެދޭ ހުއްދަތަކާއި އަދި ވެފައިވާ ނުވަތަ ވުމަށް ނިންމާފައިވާ އެގްރިމަންޓްތަކުގެ ތަފްޞީލް |
| | | | |
| | | | ޖަދުވަލު 2 އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިއުންތައް |
| 1 | (ހ) | | ކުންފުނީ ރަޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީ، ސެޓްފިކެޓް އޮފް އިންކޯޕަރޭޝަންގެ ކޮޕީ، ކުންފުނީގެ މެމޮރަމްޑަމް އޮފް އެސޯޝިއޭޝަން އަދި އާޓިކަލް އޮފް އެސޯޝިއޭޝަންގެ ކޮޕީ؛ |
| | (ށ) | | އެންމެ ފަހުގެ އޮޑިޓްކުރެވިފައިވާ އަހަރީ ރިޕޯޓް އަދި އޮޑިޓް ކުރެވިފައިވާ އެކައުންޓްތަކާއި އޮޑިޓަރުގެ އޮޑިޓް ރިޕޯޓް؛ |
| | (ރ) | | (ހ) އަދި (ށ) ގައި ނުހިމެނޭ، ފަހުގެ އިންޓެރިމް ރިޕޯޓްތަކާއި މެނޭޖްމަންޓް އެކައުންޓްތައް (އޮޑިޓް ކުރެވިފައިވާ ނުވާނަމަވެސް)؛ |
| | (ޅ) | | ލައިސަންސްގެ ދަށުން ހިންގުމަށް ހުއްދަދޫކުރެވޭނެ ޕްރޮޖެކްޓްތަކަކީ ފައިސާގެ ގޮތުން ކުރެވިދާނެ އަދި ހިންގިދާނެ ޕްރޮޖެކްޓްތަކެއްކަން ހާމަކޮށްދިނުމުގެ ގޮތުން، ލައިސަންސް ދޫކުރެވޭ މުއްދަތުގެ ތެރޭގައި ކުންފުންޏަށް ލިބޭ ފައިސާ އަދި ކުންފުނިން ބޭރުވާނެ ފައިސާގެ ބެލެންސްގެ އަންދާސީ ހިސާބު؛ |
| | (އ) | | ސަލާމަތީ ކަންކަމަށާއި، އަމަލީ މިންގަނޑުތައް އަދި ޓެކްނިކަލް އަދި އެހެނިހެން ކޯޑުތަކަށް އަމަލުކުރާނެގޮތުގެ ރިޕޯޓު؛ |
| | (ވ) | | އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނޫންނަމަ އެފަރާތެއްގެ މާލީ ހާލަތު ބަޔާންކުރުމުގެ ގޮތުން ބޭނުންވާނެ މައުލޫމާތާއި އެކައުންޓްސްތައް އަދި އެންމެ ފަހުގެ ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓް، އެންމެ ފަހުގެ އޯޑިޓްކުރެވިފައިވާ އަހަރީ އެކައުންޓްސްތައް އަދި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ މައްޗަށް ބާރުހިންގޭ ފަރާތެއްވާނަމަ އެފަރާތެއްގެ ދެންނެވިފައިވާ މަޢުލޫމާތު؛ |
| | | | އެޕްލިކޭޝަން ހުށަހަޅާ ފަރާތުން ހިންގުމަށް ބޭނުންވާ ވިޔަފާރިއާއި ގުޅޭ، ކުރިއަށް އޮތް ފަސް އަހަރަށް އަހަރަކު ހިނގާނެ ޚަރަދު، ސޭލްސް، އާމްދަނީ އަދި މަޝްރޫއަށް ފައިސާ ހޯދުމުގެ އައުޓްލައިން ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ. މީގައި ކުރެވިފައިވާ އަންދާޒާތަކުގެ ތަފްސީލް ހިމަނަންވާނެއެވެ. (މިގޮތުން ފުރަތަމަ އަހަރުގެ ސްޓޭޓްމަންޓްގައި މިދެންނެވުނު ބައިތައް ކޮންމެ މަހަކަށް ހުށަހަޅަންވާނެއެވެ.)؛ |
އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ގާބިލިއްޔަތު | | | | އެޕްލިކޭޝަން ހުށަހެޅިފަރާތުގެ ހުނަރާއި ތަޖުރިބާ ހާމަކުރާ ސްޓޭޓްމަންޓެއް، އަދި އެފަރާތަކުން ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި ބަރޯސާ ވާނެ ފަރާތްތަކުގެ (ސަބްކޮންޓްރެކްޓަރ ނުވަތަ އެހެން ފަރާތެއް) ހުނަރު ހުރިކަމަށްވާނަމަ ނުވަތަ އެހުނަރެއް ލިބިގަނެވޭނެ ކަމަށްވާނަމަ އެކަން ބަޔާންކޮށް ސްޓޭޓްމަންޓް؛ |
ތިމާވެށްޓާއި ގުޅުންހުރި ހުއްދަތައް | | (ހ) | | މިއޮތޯރިޓީގެ ފަރާތުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި މަޝްވަރާކުރުމަށްފަހު ތިރީގައި ދެންނެވިފައިވާ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭނެކަމަށް ނިންމައިފި ހާލަތެއްގައި މެނުވީ އެ އެޖެންސީއިން ދޫކުރެވިފައިވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ. އޭގެތެރޭގައި: |
| | | 1 | އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ފާސްކޮށްފައިވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި އެފަރާތުން ދޫކޮށްފައިވާ ޑިޒިޝަން ނޯޓު، ނުވަތަ |
| | | 2 | އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ފާސްކޮށްފައިވާ އެންވަޔަރަމަންޓަލް އޯޑިޓް ރިޕޯޓުގެ ކޮޕީ އަދި އެފަރާތުން ދޫކޮށްފައިވާ ޑިޒިޝަން ނޯޓު، ނުވަތަ |
| | | 3 | މިމާއްދާގެ 1 އަދި 2 ގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް ހުށަހެޅުމަށް އުޒުރުވެރިވާ ނަމަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން އެޕްރޫވްކޮށްފައިވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ގެ ސްކޯޕިންގް ރިޕޯޓް އެޕްލިކޭޝަނާއި އެކު ހުށަހަޅަންވާނެއެވެ. އަދި |
| | | 4 | މިއޮތޯރިޓީގެ ފަރާތުން އެޕްލިކޭޝަން ފާސްކޮށް ނިމުމުގެ ކުރިން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ލައިސަންސް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. |
| | | 5 | ހުށަހަޅަންޖެހޭ ލިޔެކިތުންތަކުގެ ތެރެއިން އެއްވެސް ލިޔެކިޔުމެއް ހުށަހެޅުމަށް އުޒުރުވެރިވާ ހާލަތެއްގައި އެމައުލޫމާތު ހުށަނޭޅުނު ސަބަބު ބަޔާންކުރަން ވާނެއެވެ. |
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާ ނިޒާމާއި ހޮނު އެޅުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ނިޒާމް. | | | | ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާ ނިޒާމް ފާސްކޮށްފައިވާކަމުގެ ލިޔުން. |
| | | | ހޮނުއެޅުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ނިޒާމްގެ ޑިޒައިން (އެމް.އީ.އޭ. އިން ފާސްކުރުމަށް) |
ލައިސަންސާއި ގުޅިންހުރި ހުއްދަތަކާއި އެއްބަސްވުންތައް | | | | އެޕްލިކޭޝަނާ ގުޅިގެން ލިބިފައިވާ ނުވަތަ ހޯދަން އެދޭ ހުއްދަތަކާއި އަދި ވެފައިވާ ނުވަތަ ވުމަށް ނިންމާފައިވާ އެގްރިމަންޓްތައް މި އެޕްލިކޭޝަންއާއި އެކު ހުށަހަޅަންވާނެއެވެ |
| | | | ޖަދުވަލު 3 ސަރވިސް ޕްރޮވައިޑަރ ލައިސަންސަށް އެދޭފަރާތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު |
ކަރަންޓު އުފައްދާ ނިޒާމް | 1. | | | ސައިޓް ލޭއައުޓް އާއި ފެސިލިޓީ ލޭއައުޓް – ވަށައިގެންވާ ކައިރި ސަރަހައްދު ފެންނަގޮތަށް. |
| | | | އިންޖީނުގޭގެ ޕްލޯރ ޕްލޭން – މުހިއްމު އިކުއިޕްމަންޓްތަކާއި މިންތައް އެނގޭގޮތަށް. |
| | | | އިންޖީނުގޭގެ ސެކްޝަނަލް ވިއު – މުހިއްމު އިކުއިޕްމަންޓްތަކާއި މިންތައް އެނގޭގޮތަށް. |
| | | | ޖެނަރޭޓަރ ސެޓްތަކާއި އެތަކެއްޗާއި ގުޅޭ ސާމާނުގެ ޓެކްނިކަލް ސްޕެސިފިކޭޝަން. |
ޖެނަރޭޓަރުގެ ކޮންޓްރޯލް ޕެނަލް އާއި ޑިސްޓްރިބިއުޝަން ޕެނަލް: | 2. | | | ޕެނަލްތަކުގެ ސިންގަލް ލައިން ޑައިގްރަމް. |
| | | | ޕެނަލްގެ ލޯޑް ކެލްކިއުލޭޝަން. |
ފިއުލް ސިސްޓަމް | 3. | | | ފިއުލް ސިސްޓްމް ލޭއައުޓް (ފިއުލް ސްޓޯރޭޖް އާއި ފިއުލް ހެންޑްލިންގ ސިސްޓަމް) – ސިންގަލް ލައިން ޑައިގްރަމް. |
| | | | ފިއުލްގެ ބާވަތާއި ސްޕެސިފިކޭޝަން. |
| | | | ޑޭ ޓޭންކާއި ސްޓޯރޭޖް ޓޭންކް ކެޕޭސިޓީ. |
ޑިސްޓްރިބިއުޝަން ނެޓްވޯރކް | 4. | | | ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ލޭއައުޓް؛ ސްކޭލްޑް ޑައިގްރަމްއެއްގައި ސަބްސްޓޭޝަންތަކާއި، ޑިސްޓްރިބިއުޝަން ފޮށިތައް އަދި ސަރވިސް ކޭބަލްތައް ފާހަގަކޮށް. |
| | | | 60A އިންފެށިގެންމަތީ ޑިސްޓްރިބިއުޝަން ޕެނަލްތަކުގެ ސިންގަލް ލައިން ޑައިގްރަމް. |
| | | | ޑިސްޓްރިބިއުޝަން ފޮށިތަކުގެ ސިންގަލް ލައިން ޑައިގްރަމް. |
| | | | ނެޓްވޯރކްގެ ލޯޑް ފޯކާސްޓް. |
| | | | ވޯލްޓޭޖް ޑްރޮޕް ކެލްކިއުލޭޝަންއާއި ނެޓްވޯރކް ލޮސް ކޮންމެ ފީޑަރަކަށް. |
އިލެކްޓްރިކް ކޭބަލް | 5. | | | ޓްރާންމިޝަން، ޑިސްޓްރިބިއުޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަންތަކަށް ބޭނުންކުރާ ކޭބަލްގެ ޓެކްނިކަލް ސްޕެސިފިކޭޝަން. |
| | | | ކޭބަލް އަކީ އެމް.އީ.އޭ. އިން ފާސްނުކުރާ ކޭބަލްއެއް ނަމަ އިންޓަރނޭޝަނަލް ކޮންފޯރމިޓީ ސެޓްފިކެޓް. |
ހޮނު އެޅުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ނިޒާމް. | 7. | | | ހޮނުއެޅުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ނިޒާމްގެ ޑިޒައިން (އެމް.އީ.އޭ. އިން ފާސްކުރުމަށް) |
ކަރަންޓު ފީ | 8. | | | ކެޕިޓަލް ހަރަދު ގެ އެސްޓިމޭޓް (ތަފްސީލްކޮށް). |
| | | | 5 އަހަރަށް ލަފާކުރާ އާމްދަނީ އާއި ހަރަދުގެ ތަފްސީލް. |
| | | | 5 އަހަރަށް ލަފާކުރާ އިލެކްޓްރިސިޓީ ޑިމާންޑް. |
| | | | 5 އަހަރަށް ހުށަހަޅާ ކަރަންޓު ފީ ގެ ތަފްސީލް. |
އިންޖީނުގެއިން އާންމުކޮށް ކަރަންޓުގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު | 9. | | | އިންޖީނުގޭން އާއްމުކޮށް ކަރަންޓުގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދުގެ ދެލިކޮޕީ. |
| | | | |
| | | | ޖަދުވަލު 4 އިންޑިޕެންޑެންޓް ޕަވަރ ޕޮރޮވައިޑަރ ލައިސަންސަށް އެދޭފަރަތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު |
ކަރަންޓު އުފައްދާ ނިޒާމް | 1. | | | ސައިޓް ލޭއައުޓް އާއި ފެސިލިޓީ ލޭއައުޓް – ވަށައިގެންވާ ކައިރި ސަރަހައްދު ފެންނަގޮތަށް. |
| | | | އިންޖީނުގޭގެ ޕްލޯރ ޕްލޭން – މުހިއްމު އިކުއިޕްމަންޓްތަކާއި މިންތައް އެނގޭގޮތަށް. |
| | | | އިންޖީނުގޭގެ ސެކްޝަނަލް ވިއު – މުހިއްމު އިކުއިޕްމަންޓްތަކާއި މިންތައް އެނގޭގޮތަށް. |
| | | | ޖެނަރޭޓަރ ސެޓްތަކާއި އެތަކެއްޗާއި ގުޅޭ ސާމާނުގެ ޓެކްނިކަލް ސްޕެސިފިކޭޝަން. |
ޖެނަރޭޓަރުގެ ކޮންޓްރޯލް ޕެނަލް އާއި ޑިސްޓްރިބިއުޝަން ޕެނަލް: | 2. | | | ޕެނަލްތަކުގެ ސިންގަލް ލައިން ޑައިގްރަމް. |
| | | | ޕެނަލްގެ ލޯޑް ކެލްކިއުލޭޝަން. |
ފިއުލް ސިސްޓަމް | 3. | | | ފިއުލް ސިސްޓްމް ލޭއައުޓް (ފިއުލް ސްޓޯރޭޖް އާއި ފިއުލް ހެންޑްލިންގ ސިސްޓަމް) – ސިންގަލް ލައިން ޑައިގްރަމް. |
| | | | ފިއުލްގެ ބާވަތާއި ސްޕެސިފިކޭޝަން. |
| | | | ޑޭ ޓޭންކާއި ސްޓޯރޭޖް ޓޭންކް ކެޕޭސިޓީ. |
ޑިސްޓްރިބިއުޝަން ނެޓްވޯރކް | 4. | | | ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ލޭއައުޓް؛ ސްކޭލްޑް ޑައިގްރަމްއެއްގައި ސަބްސްޓޭޝަންތަކާއި، ޑިސްޓްރިބިއުޝަން ފޮށިތައް އަދި ސަރވިސް ކޭބަލްތައް ފާހަގަކޮށް. |
| | | | 60A އިންފެށިގެންމަތީ ޑިސްޓްރިބިއުޝަން ޕެނަލްތަކުގެ ސިންގަލް ލައިން ޑައިގްރަމް. |
| | | | ޑިސްޓްރިބިއުޝަން ފޮށިތަކުގެ ސިންގަލް ލައިން ޑައިގްރަމް. |
| | | | ނެޓްވޯރކްގެ ލޯޑް ފޯކާސްޓް. |
| | | | ވޯލްޓޭޖް ޑްރޮޕް ކެލްކިއުލޭޝަންއާއި ނެޓްވޯރކް ލޮސް ކޮންމެ ފީޑަރަކަށް. |
އިލެކްޓްރިކް ކޭބަލް | 5. | | | ޑިސްޓްރިބިއުޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަންތަކަށް ބޭނުންކުރާ ކޭބަލްގެ ޓެކްނިކަލް ސްޕެސިފިކޭޝަން. |
| | | | ކޭބަލް އަކީ އެމް.އީ.އޭ. އިން ފާސްނުކުރާ ކޭބަލްއެއް ނަމަ އިންޓަރނޭޝަނަލް ކޮންފޯރމިޓީ ސެޓްފިކެޓް. |
ހޮނު އެޅުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ނިޒާމް. | 7. | | | ހޮނުއެޅުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ނިޒާމްގެ ޑިޒައިން (އެމް.އީ.އޭ. އިން ފާސްކުރުމަށް) |
ކަރަންޓު ފީ | 8. | | | ކެޕިޓަލް ހަރަދު ގެ އެސްޓިމޭޓް (ތަފްސީލްކޮށް). |
| | | | 5 އަހަރަށް ލަފާކުރާ އާމްދަނީ އާއި ހަރަދުގެ ތަފްސީލް. |
| | | | 5 އަހަރަށް ލަފާކުރާ އިލެކްޓްރިސިޓީ ޑިމާންޑް. |
| | | | 5 އަހަރަށް ހުށަހަޅާ ކަރަންޓު ފީ ގެ ތަފްސީލް. |
އިންޖީނުގެއިން އާންމުކޮށް ކަރަންޓުގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު | 9. | | | އިންޖީނުގޭން އާއްމުކޮށް ކަރަންޓުގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދުގެ ދެލިކޮޕީ. |
| | | | |
| | | | ޖަދުވަލު 5 ޓްރާންސްމިޝަން ލައިސަންސަށް އެދޭފަރަތުން ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު |
| 1 | | | އަޅާފައިވާ ނުވަތަ އެޅުމަށް ހަމަޖެހިފައިވާ ކަރަންޓް ސަޕްލައި ލައިންތަކާއި އަދި ޓްރާންސްމިޝަން ސިސްޓަމާއި ގުޅޭ ޕްލާންޓް އަދި މިނިޒާމް އަޅާފައިވާ ނުވަތަ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އެކަށީގެންވާ މައުލޫމާތު ހުށަހަޅަންވާނެއެވެ. މިގޮތުން ޕްރޮޖެކްޓް ނުވަތަ މަސައްކަތުގެ ބާވަތާއި އޭގެ ކުޑަބޮޑުމިން ހުށަހަޅާ މަޢުލޫމާތުން އެނގެން ވާނެއެވެ. އަދި ޗާޓަކުން ނުވަތަ އެހެނިހެން ފަސޭހަގޮތަކަށް ޕްރޮޖެކްޓް ނުވަތަ މަސައްކަތް ހިންގާ ނުވަތަ ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދު ފާހަގަ ކުރެވެންވާނެއެވެ. |
| 2 | | | ޓްރާންސްމިޝަންއަށް ބޭނުންކުރާ ވޯލްޓޭޖްތަކުގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ. |
| 3 | | | ކަރަންޓު ސަޕްލައި ލައިންތައް ބިމުއަޑީގައި ވަޅުލެވިފައިވާ ނުވަތަ ވަޅުލެވޭނެ ފުންމިން އަދި ސަރަހައްދު ހުށަހަޅަންވާނެއެވެ. |
| 4 | | | ޓްރާންސްމިޝަން ސިސްޓަމްގައި ހިމެނޭ ކަރަންޓު ސަޕްލައި ލައިންތަކުގެ ވޯލްޓޭޖްތައް ހުށަހަޅަންވާނެއެވެ. |
| 5 | | | އެޕްލިކޭޝަން ހުށަހެޅިފަރާތުން ކުރިއަށް އޮތް ފަސްއަހަރު ކަރަންޓު ޓްރާންސްމިޓްކުރުމަށްޓަކައި ކަރަންޓު ނަގަން ބޭނުންވާ ޕޮއިންޓްތަކާއި، ކަރަންޓު ޓްރާންސްމިޓް ކުރާނެ ގޮތާއި، ލަފާކުރެވޭ ކަނެކްޝަން ޕޮއިންޓްތަކާއި، އަދި ކަރަންޓުގެ އަދަދާއި ބެހޭ މަޢުލޫމާތު ހުށަހަޅަންވާނެއެވެ. |
| 6 | | | އެހެނިހެން ޓްރާންސްމިޝަންތަކާއި ގުޅޭ އިންޓަރކަނެކްޝަންސް ހުށަހަޅަންވާނެއެވެ. |
| 7 | | | ހުށަހެޅިފައިވާ މީޓަރިންގް އެރޭންޖްމަންޓްސް ބަޔާންކުރަންވާނެއެވެ. |
| 9 | | | ކުރިއަށް އޮތް ފަސް އަހަރުގެ ކޮންމެ އަހަރަކު ޓްރާންސްމިޝަން ސިސްޓަމްގެ (KW or MW) އެންމެ މަތީ ޑިމާންޑް އަދި ހަކަތަ ޓްރާންންމިޓް ކުރެވޭ މިންވަރުގެ (KWh) ފޯކާސްޓް ހުށަހަޅަންވާނެއެވެ. |
| 10 | | | ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ބޮޑު ހުލާސާ ޗާޓެއް ތަފްސީލީ ޗާޓުތަކާއެކު ހުށަހަޅަންވާނެއެވެ. އަދި |
| 11 | | | ހުރިހާ ޓްރާންސްމިޝަން ވޯލްޓޭޖް ލެވަލްތައް އެނގޭނެހެން ޓްރާންސްމިޝަން ސިސްޓަމްގެ ސިންގަލް ލައިން ޑައިގްރާމެއް ހުށަހަޅަންވާނެއެވެ. |
| | | | |
| | | | ޖަދުވަލު 6 އަމިއްލަ ބޭނުމަށް ނުވަތަ ބެކްއަޕްގެ ގޮތުގައި ހިންގުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތު |
| 1 | | | ޖަނަރޭޓަރ ބޭނުންކުރުމުންދާ ތަނުގެ އެޑްރެސް އަދި ވެރިފަރާތުގެ ނަމާއި، އެޑްރެސް، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް |
| 2 | | | ޖަނަރޭޓަރުގެ މޮޑެލް އާއި އުފެއްދިފަރާތް |
| 3 | | | ޖަނެރޭޓަރުގެ ކޭ.ވީ.އޭ ރޭޓިންގ |
| 4 | | | ޖަނަރޭޓަރުގެ ވޯލްޓޭޖު އާއި ޕަވަރ ފެކްޓަރ |
| 5 | | | އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް ޖަނަރޭޓަރު ބޭނުންކުރާ ގަޑިތަކާއި އެވްރެޖް އެމްޕެއަރ އަދި ލޯޑް |
| 6 | | | ޖަނަރޭޓަރުގެ ކޮންޓްރޯލް އިލެކްޓްރިކަލް ސިންގަލް ލައިން ޑައިގްރާމް |
| 7 | | | ޑިސްޓްރިބިއުޝަން ޕެނަލްގެ ސިންގަލް ލައިން ޑައިގްރާމް |
| 8 | | | ޖަނަރޭޓަރުން ފެށިގެން 1 މީޓަރު ދުރުމިނުގައި އަޑު ހުންނަވަރު |
| 9 | | | ތެޔޮ އަދި އަޑީތެޔޮ ގެންގުޅޭ ގޮތުގެ ތަފްޞީލް |
| 10 | | | ބައިޕްރަޑަކްޓްސް ނައްތަލާ ގޮތުގެ ތަފްޞީލް |
| 11 | | | ޖަނަރޭޓަރު ބަހައްޓާފައި ހުރި ތަނުގެ ވެންޓިލޭޝަން ހުރި ގޮތުގެ ތަފްޞީލް |
| | | | |
| | | | ޖަދުވަލު 7 ލައިސަންސް ފީ |
| 1 | | | ސަރވިސް ޕްރޮވައިޑަރ ލައިސަންސް އައު ކުރުން 5000 ރުފިޔާ |
| 2 | | | އިންޑިޕެންޑެންޓް ޕަވަރ ޕޮރޮވައިޑަރ އައު ލައިސަންސް 2000 ރުފިޔާ |
| 3 | | | ޓްރާންސްމިޝަން ލައިސަންސް އައު ކުރުމަށް 2000 ރުފިޔާ |
| 4 | | | އަމިއްލަ ބޭނުމަށް ނުވަތަ ބެކްއަޕެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ 500 ރުފިޔާ |
| 5 | | | ލައިސަނސް ގެއްލިފައިވާކަމަށް ނުވަތަ ހަލާކުވެފައިވާކަމަށް އޮތޯރިޓީއަށް ޤަބޫލުކުރެވޭނަމަ 1000 (އެއްހާސް) ރުފިޔާގެ ފީއެއް ދެއްކުމުން އައު ލައިސަންސެއް ހަދައިދޭންވާނެއެވެ. |
| | | | ޖަދުވަލު 8 އިޤްރާރު |
| | | | އަޅުގަނޑު ކަރަންޓު އުފައްދާ ފޯރުކޮށް ދިނުމުގެ ލައިސަންސަށް ނުވަތަ ހުއްދައަށް އެދި މިހުށަހަޅަނީ ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ގަވާއިދު، 2014 އާއި އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެއެވެ. އަދި، |
| | | | އަޅުގަނޑު ދީފައިވާ މައުލޫމާތަކީ (ޖަދުވަލުތައް ހިމަނައިގެން) މިހުށަހަޅާ މަޢުލޫމާތަކީ ތެދު މަޢުލޫމާތެއް ކަމަށް އިގުރާރުވަމެވެ. |
| | | | ސޮއި ކުރެވޭ ފަރާ(ތުގެ/ތްތަކުގެ) ފުރިހަމަ ނަން(ތައް) މަޤާމް (އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ ކުންފުންޏެއް،ކޯޕަރޭޓިވް ނުވަތަ އެހެނިހެން ކޯޕަރޭޓް ބޮޑީއެއް، ނުވަތަ ޤާނޫނީ އިދާރާއެއްނަމަ) |
| | | | ތާރީޚް: |
| | | | |
| | | | ޖަދުވަލު 9 ލައިސަންސް ސެޓްފިކެޓުގެ ނަމޫނާ |
| | | | | |